އިސްކަންދަރާއި ކަލާފާނަށް ގްރޭޑް 1 ގެ ޗެމްޕިއަންކަން، ގްރޭޑް 2 ގެ ޗެމްޕިއަންކަން ރެހެންދިއަށް

“ނެސްލޭ ކިޑްސް ފުޓްބޯލް ފިއެސްޓާ” ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިރަސްމިއްޔާތު ބޭއްވީ ފުޓްބޯޅަ ފިއެސްޓާގެ މުބާރާތް ކުރިޔަށް ގެންދިޔަ ހެންވޭރު ދަނޑުގައި އިއްޔެ ހަވީރުއެވެ.

ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބޭއްވި މި ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިންވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.

މާލެ ސަރަޙައްދުގެ ގްރޭޑް 1 އަދި 2 އަށް އަމާޒުކޮށް ބޭއްވި މި މުބާރާތުގެ ގްރޭޑް 1 އިން ޖޮއިންޓް ޗެމްޕިއަންކަން ހޯދާފައިވަނީ އިސްކަންދަރު ސްކޫލާއި ކަލާފާނު ސްކޫލުންނެވެ.

ގްރޭޑް 2 އިން ރެހެންދި ސްކޫލް ޗެމްޕިއަންކަން ހޯދިއިރު ރަނަރ-އަޕް ޓީމަކީ ޣާޒީ ސްކޫލްއެވެ.

މިމުބާރާތުގައި މާލެ ސަރަހައްދުގެ މާލެއާއި ވިލިމާލެއާއި ހުޅުމާލޭގެ 20 ސްކޫލަކުން 720 ކުދިން ބައިވެެރި ވިއެވެ. މި ފިއެސްޓާ ހުޅުވީ މިމަހުގެ 1 ވަނަ ދުވަހުއެވެ./އޒ

 

Leave a Comment

Your email address will not be published.