މާރަންދޫ ސްކޫލްގެ ވޭތުވެދިޔަ ދެއަހަރު ހުރިހާ ގޮތަކުން އެއްވަނަ ޙަމްދޫނާއި ހަޝްމާ

ބައެއް ސްކޫލްތަކުން އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވަމުން އަންނަ މިދުވަސްވަރު ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ސްކޫލްގެ އަހަރީ އިނާމުދިނުން އިހަށްދުވަހު ބާއްވައިފިއެވެ.

2019 އަދި 2021/2020 މިދެއަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފައިވަނީ މާރަންދޫ ސްކޫލްގައެވެ.

މިޖަލްސާ ޝަރަފުވެރިކޮށްދެއްވީ އެއަތޮޅު އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އަޙުމަދު ރަޝީދުއެވެ.

މާރަންދޫ ރަށުކައުންސިލާއި އަތޮޅުކައުންސިލާއި މާރަންދޫގެ އާންމު ގިނަބަޔަކު އިނާމު ހުށަހެޅި މަގާމެއްކަމުގައި ވާ ބެސްޓްއޯލްރައުންޑް ދަރިވަރުން މިޖަލްސާގައި އިއުލާނު ކުރިއެވެ. މިދެއަހަރު ސްކޫލްގެ ބެސްޓްއޯލް ރައުންޑް ދަރިވަރުންނަށް އިނާމާއި ލިޔުންތައް ހަވާލުކޮށްދެއްްވީ ޝަރަފުވެެރި މެހެމާނު އަޙުމަދު ރަޝީދެވެ. ބައެއް ވަނަތަކަށް އެޑިޔުކޭޝަން މިނިސްޓްރީއާއި ރައީސުލްޖުމްހޫރިއްޔާވެސް އިނާމު ހުށަހެޅުއްވިއެވެ.

2019 ވަނައަހަރު މާރަންދޫ ސްކޫލްގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކީ އެރަށު ވީވަރު ޙަމްދޫނާ އަޙުމަދެވެ. 2021/2020 ގެ އެމަގާމް ލިބުނީ އެރަށު ޝާދީވިލާ ހަޝްމާ މޫސާއަށެވެ.

 

 

Leave a Comment

Your email address will not be published.