މާލެ ސަރަހައްދުގެ ސްކޫލްތަކަށް ހިންގި ތަމްރީން ޕްރޮގްރާމް ނިމިއްޖެ

މާލެ ސަރަޙައްދުގެ ސްކޫލުތަކަށް އަމާޒުކޮށް، “އެޕްލައިޑް ސްކޫލް ކައުންސިލިންގ”ގެ ނަމުގައި ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

‏މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ތަމްރީނުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޕަރމަނެންޓް ސެކްރެޓަރީ އަޙުމަދު ޢަލީއެވެ.

‏2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި މާލެ ސަރަޙައްދުގެ ސްކޫލްތަކުގެ ޑެޕިއުޓީ ޕްރިންސިޕަލުން، ލީޑިންގ ޓީޗަރުން އަދި ސްކޫލް ކައުންސަލަރުން ހިމެނޭހެން ޖުމްލަ 30 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ތަމްރީނު ޕްރޮގްރާމް ނަންގަވައިދެއްވީ މެލޭޝިޔަން ބޯޑް އޮފް ކައުންސަލާސް ގައި ރެޖިސްޓަރވެފައިވާ ކައުންސަލަރ އަދި ކައުންސިލިންގ ދާއިރާގެ މާހިރެއް ކަމަށްވާ ކްރިސްޓޮފަރ ރާޖް އެންތަނީއެވެ.

Leave a Comment

Your email address will not be published.