ތަޢުލީމު ޙާޞިލްކޮށް ނިމިގެން ދިރިއުޅުމުގެ މައިދާނަށް ވަނުމަށް ތައްޔާރުވުމުގައި ބަލަންޖެހޭ ކަންތައްތަކާއި ކުރިމަގުގައި ޙާޞިލްކުރަން ބޭނުންވާ ކަންކަން ކަނޑައަޅާނެ ގޮތުގެ މައްޗަށް ހއ. އަތޮޅު ތައުލީމީމަރުކަޒުން މިއަހަރު ދަސްވެނިވި ދަރިވަރުންނަށް މަޢުލޫމާތު ދީފިއެވެ.
2020އިން 2021އަށް ނިމުނު ދިރާސީ އަހަރުގައި އެމަރުކަޒުން ދަސްވެނިވި 46 ދަރިވަރަކަށް މި މަޢުލޫމާތު ދެއްވީ ދިރާގުގެ ކަސްޓަމަރ ސަރވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސްގެ ސީނިއަރ މެނޭޖަރ މަސްޢޫދު ޢަލީއެވެ.
ހއ. އަތޮޅު ތައުލީމީމަރުކަޒުގެ ޕްރިންސިޕަލް ޢަބްދުﷲ ނާހިދު ވިދާޅުވި ގޮތުގައި ނިމިދާ ދިރާސީ އަހަރު ގްރޭޑް 10 ނިންމި ކުދިންގެ ގްރެޖުއޭޝަން ޖަލްސާ އެސްކޫލްގައި ބާއްވައިފައިވަނީ މިމަހުގެ 17 ވަނަދުވަހު އެވެ.
މިޖަލްސާ ޝަރަފްވެރިކޮށްދެއްވަމުން މަސްޢޫދު ޢަލީ ދަސްވެނިވި ދަރިވަރުންނަށް ދެއްވި އިރުޝާދުތަކަކީ އެކުދިންގެ ދިރިއުޅުމުގެ ބޭނުންތައް ކަނޑައެޅުމުގައި އެހީވެދޭނެ އަދި އެކުދިން ވަރަށްބޮޑަށް ޝައުޤުވެރިވި މަޢުލޫމާތު ތަކެއްކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ./އޒ