ކަލާފާނު ސްކޫލްގައި ދަރިވަރުންގެ ފެންވަރު ރަގަޅު ކުރުމަށްޓަކައި ތަފާތު މާއްދާތަކުގެ ސަބްޖެކްޓް ކުއިޒާއި ސްޕެލިންބީ ބާއްވައިފި

ކަލާފާނު ސްކޫލްގައި ސަބްޖެކްޓް އިންޕްރޫވްމަންޓް ޕްލޭންގެ ދަށުން 2022 ވަނަ އަހަރަށް ކަޑައެޅިފައިވާ މާއްދާތަކުގެ ސަބްޖެކްޓް ކުއިޒާއި ސްޕެލިންބީ ބާއްވައިފިއެވެ.

ދަރިވަރުންގެ ފެންވަރު ރަގަޅު ކުރުމަށްޓަކައި ބޭއްވުނު މި ކުއިޒުގައި ގްރޭޑް 4 އިން 9 އާއި ދެމެދުގެ  ޖުމުލަ 953 ދަރިވަރުން ބައިވެރިވެފައިވެއެވެ.

ސަބްޖެކްޓް ކުއިޒް ގްރޭޑް 4،5 އަށް ކުރިއަށް ގެންދިޔައީ 3 މާއްދާ އަކުންނެވެ. އެގޮތުން  އިސްލާމް ސައިންސް އަދި ސޯޝަލްސްޓަޑީޒް ގައި ކޮންމެ ކުލާހަކުންވެސް އެ ކުލާހެއްގެ ހުރިހާ ދަރިވަރުން ވާދަކުރިއެވެ.

އަދި ގްރޭޑް 6 އިން 9 އާއި ދެމެދުގެ ކުލާސްތަކުގެ ދަރިވަރުންނަށް އިސްލާމްގެ އިތުރުން ހިސާބާއި ބިޒްނަސް ސްޓްރީމްގެ ހުރިހާ މާއްދާތަކުން ކުއިޒު ކުރިއަށް ގެންދެވުނެވެ. ޕޮއިންޓް އުސޫލުން ކުރިއަށް ގެންދެވުނު މި ކުއިޒުތަކުން ވަނަވަނައަށް އައި ކުލާސްތަކަށް ހަނދާނީލިޔުމާއި އިނާމު ހަވާލުކޮށްދެއްވީ ސްކޫލްގެ ޕްރިންސިޕަލް ރަޙްމާ އަބްދުއްރަޙްމާނުގެ އިތުރުން ޑެޕިޔުޓީ ޕްރިންސިޕަލުން ނެވެ.

އަދި މީގެ އިތުރުން ސްޕެލިންބީގައި ގްރޭޑް 4،5 އިން ޖުމުލަ 54 ދަރިވަރުން ބައިވެރި ވިއެވެ. ސްޕެލިންބީ އިން ގްރޭޑް 4 އޭ އެއްވަނަ ހޯދި އިރު ގްރޭޑް 5 އިން އެއްވަނަ ހޯދީ 5 އޭ ކުލާހެވެ. ކުލާސްތަކުގެ މެދުގައި ވާދަވެރިކަމާއެކު ކުރިއަށްދިޔަ ސްޕެލިންބީ ގައި ދެ ގްރޭޑުން ޖުމުލަ 11 ކުލާސް ވާދަކުރިއެވެ.

މިހަރަކާތް ތަކުގެ ނިމުން ފާހަގަ ކުރުމަށް ބޭއްވުނު ރަސްމިއްޔާތު އޮތީ 8 ޖޫން 2022 ވަނަ ދުވަހުގެ 13:00 ގައި ކަލާފާނު ސްކޫލް ހޯލުގައެވެ.

Leave a Comment

Your email address will not be published.