ދެކުންފުންޏަކާއެކު ދެ ކޮންޓްރެކްޓެއްގައި އެޑިޔުކޭޝަން މިނިސްޓްރީން ސޮއިކޮށްފި

ރ.އަނގޮޅިތީމު ސްކޫލުގައި 2 ކްލާސްރޫމް އިމާރާތް އެޅުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރެވުނީ ކޭޑީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއެވެ.
މިއީ ޖަޕާން އެއިޑް ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.
ކޭޑީ އެންޓަރޕްރައިޒަސްގެ ފަރާތުން މި މަސައްކަތަށް ހުށައަޅުއްވާފައިވަނީ 1،388،059.44ރ (އެއްމިލިއަން ތިންލައްކަ އަށްޑިހަ އަށްހާސް ފަންސާސްނުވަ ރުފިޔާ ސާޅީސްހަތަރު ލާރި )އަށް މި މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމަވައިދެއްވާގޮތަށެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ.
ކޭޑީ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ މުހައްމަދު މާހިން މަޖީދުއެވެ.

މިކޮންޓްރެކްޓްގެ އިތުރުން ސެޓެލައިޓް ސްކޫލްގެ ގޮތުގައި ޤާއިމްކުރާ ވ.ރަކީދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައިވެސް މިއަދު ސޮއިކުރެވުނެވެ.
ވ.ރަކީދޫގެ މިމަސައްކަތް ހަވާލުކުރެވުނީ ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

ވ.ރަކީދޫގެ މަސައްކަތަށް އެކުންފުނިން ހުށަހަޅުއްވާފައިވަނީ 3،223،233.43(ތިން މިލިއަން ދެލައްކަ ތޭވީސްހާސް ދުއިސައްތަ ތިރީސްތިން ރުފިޔާ ސާޅީސް ތިން ލާރި) އަށް 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމް އެވެ.
ވެލްޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ޑިރެކްޓަރ އަލީ ޝަމީޒްއެވެ.

Leave a Comment

Your email address will not be published.