ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިނާމުދިނުމުގެ ޖަލްސާ ބާއްވައިފި

ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ފާއިތުވި ދެ އަހަރުގެ އެންމެ މޮޅު ދަރިވަރުން ހޮވައިފިއެވެ. 24 ޖޫން 2022 ވީ ހުކުރު ދުވަހު ބޭއްވުނު މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެމް.ޓީ.ސީ.ސީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަލްފާޟިލް އާދަމް ޢާޒިމެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ޢާޒިމް ދެއްކެވި ވާހަކަފުޅުގައި  ފަހި ވިސްނުމާއެކު މަސައްކަތްކުރުމާ، އަޅާލާ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތް ކުރުމަށް އެދިލެއްވިއެވެ. އަދި ކޮންމެ މަސައްކަތެއްވެސް ކުރާހިތުން ކުރުމަށާއި ހިތްވަރާ އެކު ކާމިޔާބު ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ދަރިވަރުންނަށް ހިތްވަރު ދެއްވެވިއެވެ.

2019 ވަނަ އަހަރު، އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ސާހާ މުޖްތަބާއެވެ.  އަދި މަތީ ސާނަވީން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ މަލީޙާ މުޙައްމަދު ތައުފީޤްއެވެ. 2020-2021 ވަނަ އަހަރު، ސާނަވީން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ އަޙްމަދު ލައްމާމު އިބްރާހިމެވެ.

2019 ވަނަ އަހަރު ނެޝަނަލް ޓޮޕްޓެން 4 ވަނަ އަށް ސާހާ މުޖްތަބާ،  ނެޝަނަލް ޓޮޕްޓެން 5 ވަނަ އަށް މަރިޔަމް ރީމާ އަމްޖަދު، ނެޝަނަލް ޓޮޕްޓެން 10 ވަނަ އަށް ސަމްހާ މުޙައްމަދު ފައިސަލް، އިބްރާހިމް ހާއިސް އަދި ޝާހިޔާ ހާޝިމް ހޮވިފައިވެއެވެ.

2020-2021 ވަނަ އަހަރު ނޭޝަނަލް ޓޮޕްޓެން 5 ވަނަ އަށް މުރުނާ މުޚްތާރު، ނޭޝަނަލް ޓޮޕް ޓެން 7 ވަނަ އަށް ޙުސައިން ސަހްބާން، އަޙްމަދު ލައްމާމު އިބްރާހިމް، ނެޝަނަލް ޓޮޕް ޓެން 8 ވަނަ އަށް ޝައުކާ ޝަފީޤް އަދި ނެޝަނަލް ޓޮޕް ޓެން 10 ވަނަ އަށް ޢާއިޝަތު ޝައުޝަން ޙަމްދުﷲ ހޮވިފައިވެއެވެ.

އިނާމް ދިނުމުގެ ޖަލްސާގައި، 2019 ވަނަ އަހަރު، ޢާންމު ކެޓަގަރީން 34 ދަރިވަރުންނާއި، ޚާއްޞަ ކެޓަގަރީން 22 ދަރިވަރަކު އިނާމް ޙާސިލްކުރިއެވެ. 2020-2021 ވަނަ އަހަރު ޢާންމު ކެޓަގަރީން 55 ދަރިވަރުންނާއި، ޚާއްޞަ ކެޓަގަރީން 17 ދަރިވަރުން އިނާމް ޙާސިލްކުރިއެވެ.

Leave a Comment

Your email address will not be published.