ސެމީފައިނަލް ކާމިޔާބުކޮށް ‘ފަހިދޫ ބަހުސް މުބާރާތުގެ’ ފައިނަލުގައި އެޑިޔުކޭޝަން މިނިސްޓްރީ

ޕީއެސްއެމް ފަހިދޫ ބަހުސް މުބާރާތުގެ ފައިނަލަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން ކާމިޔާބުކަމާއެކު ދަތުރުކޮށްފިއެވެ. ފަހިދޫ ބަހުސް މުބާރާތުގެ ފައިނަލަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން ދިޔައީ ރޭ ބޭއްވުނު ސެމީފައިނަލް ބަހުސް ކާމިޔާބުކޮށްގެންނެވެ. ރޭގެ ބަހުސްގައި އިދިކޮޅު ޓީމަކަށް ވާދަކުރީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއެވެ.

ރޭގެ މަވްޟޫޢުއަކީ ” އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ޖަމްއިއްޔާ ޖަމާޢަތްތަކަށެވެ.” މި ބަހުސް އެޑިޔުކޭޝަން މިނިސްޓްރީން ކާމިޔާބުކުރީ 72 ޕޮއިންޓްގެ ތަފާތުންނެވެ. އެޑިޔުކޭޝަަނަށް ލިބުނީ 790 އެވެ. ‏ސެމީ ފައިނަލް މެޗްގައި އެންމެ މޮޅަށް ބަހުސްކޮށްގެން ‘ފަހިދުލުގެ ވެރިޔާ’ އަށް ހޮވިފައި ވަނީ އެޑިޔުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު މުޖާހިދުއެވެ.

މާދަމާ ރޭގައި އޮންނަ ފަހިދޫ ބަހުސް މުބާރާތު 2022 ގެފައިނަލް ގައި އެޑިޔުކޭޝަން ވާދަކުރާނީ ޖުޑިޝަލް ސާވިސް ކޮމިޝަން އާއެވެ. މަވްޟޫޢުއަކީ ‘ދިވެހި ބަސް ތަރައްގީ ކުރުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެވޭނީ ތަޢުލީމީ ނިޒާމުގެ ތެރެއިންނެވެ’. އެޑިޔުކޭޝަން މިނިސްޓްރީން ނުކުންނާނީ މިމަވްޟޫޢުއާ ދެކޮޅަށެވެ.

Leave a Comment

Your email address will not be published.