އާރޯކަމާއި އާދިރުމާއި ތާޒާޖޯޝްގައި ދިރާސީ އާއަހަރާ، ދަރިވަރުން ކުރިމަތިލުމުގެ އުއްމީދު އެޑިޔުކޭޝަން މިނިސްޓަރ ފާޅުކުރައްވައިފި

ސްކޫލް ޗުއްޓީގެ ދުވަސްތަކަށްފަހު އާރޯކަމާއެކު ދަރިވަރުން އެނބުރި އައިސް ދިރާސީ އާއަހަރާ ކުރިމަތިލުމުގެ އުއްމީދު، އެޑިޔުކޭޝަން މިނިސްޓަރ ޑރ ޢާއިޝަތު ޢަލީ ފާޅުކުރައްވައިފިއެވެ. އާރޯކަމާއި އައުދިރުމާއި ތާޒާޖޯޝްގައި ދިރާސީ އައުއަހަރާ ކުރިމަތިލުމުގެ އުއްމީދު އެޑިޔުކޭޝަން މިނިސްޓަރ ފާޅުކުރެއްވީ ދަރިވަރުންގެ ޗުއްޓީއާގުޅިގެން ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިންނަށް ތަހުނިޔާއާއި ހެޔޮއެދުން ރައްދުކުރައްވައި ކުރައްވައިފައިވާ މެސެޖެއްގައެވެ.

ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިންގެ ބައިވެެރިވުމާއެކު ނިމިދިޔަ ދިރާސީ އަހަރުގެ ކާމިޔާބީގެ ހިތްޕުޅުހަމަޖެހުން ހާމަކުރައްވަމުން، އެކަމަނާ ދެކެވަޑައިގަތް ގޮތުގައި މިއީ ދަރިވަރުންގެ ބުރަމަސައްކަތަށްފަހު ކޮންމެހެންނަމަވެސް ލިބުން ހައްގުޗުއްޓީއެކެވެ. އަދި މިއީ ޢާއިލާޔާއި ރައްޓެހިންނާއެކު އުފާވެރިވަގުތުތަކެއް ހޭދަކުރެވިގެންދާ ފުރުސަތަކަށް ވެގެން ދިޔުން އުއްމީދު ކުރައްވާކަމަށްވެސް މިމެސެޖްގައި އެކަމަނާ ވަނީ ވިދާޅުވެފައެވެ.

މަހަކަށްވުރެން ގިނަ ދުވަހަށް ދަރިވަރުންގެ ކިޔެވުން މެދުކަނޑާލައި ސްކޫލްތައް ޗުއްޓީއަށް ފެށީ އިއްޔެގައެވެ. ސްކޫލްތަކުގެ ކިޔެވުން އަލުން ފެށޭނީ ދިރާސީ އައު އަހަރާއެކު އަންނަ އޮގަސްޓްމަހުގެ 7 ވަނަ ދުވަހުއެވެ.

Leave a Comment

Your email address will not be published.