މ.މ.ދ ޖަމްޢިއްޔާގެ އަހަރީ ޢާންމު ޖަލްސާ މާދަމާ ރޭ ދާރުލް ޢުލޫމްގައި

މަޖީދިއްޔާ ސްކޫލްގެ ކުރީގެ ދަރިވަރުން ހިމެނޭ ޖަމްއިއްޔާ ކަމަށްވާ “މަޖީދިއްޔާ މުސްކުޅިދަރިވަރުންގެ ޖަމްއިއްޔާ”ގެ އަހަރީ ޢާއްމު ޖަލްސާ، ކުރިން ކަނޑައެޅިފައިވާ ގޮތަށް، މާދަމާ ރޭ (20 ވަނަ ދުވަހުގެ ރޭ) ދާާރުލް ޢުލޫމްގައި އޮންނާނެ ކަމަށް އެޖަމްއިއްޔާއިން ބުނެއެވެ. މިޖަލްސާގެ ޚާއްސަ ނޯޓިސް މީގެ މަހެއްހައި ދުވަސްކުރިން އެޖަމްއިއްޔާއިން ވަނީ ޢާންމުކޮށްފައެވެ.

މާދަމާ ރޭ ބާއްވާ ޖަލްސާގައި އާ ހިންގާ ކޮމިޓީގެ އިންތިޚާބު ބާއްވަން ހަމަޖެހިފައިވާއިރު އަންނަ އަހަރު ކުރަން ގަސްދުކުރާ ކަންކަން ފާސްކުރުންވެސް ޖަލްސާގައި އޮންނާނެއެވެ.

މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްއިއްޔާއިން މިފަހަރު ހޮވާ މަގާމްތަކުގެތެރޭގައި ރައީސާއި ނާއިބު ރައީސް ހިމެނޭގޮތުން މުސްކުޅި ދަރިވަރުންގެ ޖަމިއްޔާއިން އިންތިޚާބްކުރާ 9 މަޤާމެއް ހިމެނެއެވެ.

 

Leave a Comment

Your email address will not be published.