ފިއްލަދޫ ސްކޫލާއި ގުޅީ ސްކޫލްގައި އިމާރާތްތަކެއް ކުރުމަށް 2 ކޮންޓްރެކްޓެއް ކޮށްފި

ހއ.ފިއްލަދޫ ސްކޫލް މަލްޓި ޕަރޕަސް ހޯލްގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައާއި ކ. ގުޅީ ސްކޫލްގައި 06 ކްލާސްރޫމާއި ހޯލް އިމާރާތްކުރުމުގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކޮށްފިއެވެ.
ފިއްލަދޫ ސްކޫލްގެ މަލްޓިޕާރޕަސް ހޯލްގެ އިމާރާތުގެ މަސައްކަތް ހަވާލުކުރީ ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މިއީ PSIP2021 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.
އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅާފައިވަނީ 13،734،711.88ރ (ތޭރަ މިލިއަން ހަތް ލައްކަ ތިރީސް ހަތަރު ހާސް ހަތް ސަތޭކަ އެގާރަ ރުފިޔާ އަށްޑިހަ އަށް ލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށެވެ.
މިކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމްއެވެ. ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ނައިހްއެވެ.

ދެން ސޮއިކުރި ކ.ގުޅީ ސްކޫލް 06 ކްލާސްރޫމް އަދި ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓް
ހަވާލުކުރީ ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއެވެ.
މިއީވެސް 2021 PSIP ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.
މިކުންފުނިން ކ.ގުޅީ ސްކޫލް 06 ކްލާސްރޫމް، ހޯލް އިމާރާތުގެ މަސައްކަތަށް ހުށަހަޅާފައިވަނީ 16،641،056.19ރ (ސޯޅަ މިލިއަން ހަ ލައްކަ ސާޅީސް އެއް ހާސް ފަންސާސް ހަ ރުފިޔާ ނަވާރަ ލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމައި ދިނުމަށެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމްއެވެ. ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ޚުޝްރުވާން އަހުމަދު އެވެ.

Leave a Comment

Your email address will not be published.