ދައުރުވަމުންދަނީ ކުށް ފާހަގަކުރެވިގެން ބަދަލުގެނެވިފައިވާ ފޮތުގެ ކުރީގެ ފޮޓޯއެއް

ދަރިވަރުން ބޭނުންކުރާ ފޮތެއްގައި ދީނާ ޚިލާފު ކޮންޓެންޓް ހިމެނޭ ކަމަށް ބުނެ މިހާރު ދައުރުވަމުންދާ ފޮޓޯއަކީ އެކުށް ފާހަގަކުރެވި ބަދަލު ގެނެވިފައިވާ ފޮތުގެ ކުރީގެ ފޮޓޯއެއް ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކޮށްފިއެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ބޭނުންކުރާ ފޮތެއްގައި ދީނާ  ޚިލާފުވާހަކަތަކެއް ހިމެނޭކަމަށް ބުނެ މީސްމީޑިޔާގައި މިހާރު ޕޯސްޓްތަކެއް ދައުރުވަމުން އެބަދެއެވެ. ނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި ދައުރުވަމުންދަނީ 2014 ވަނަ އަހަރު ގެ ޗާޕެކެވެ. އަދި އެއީ އެޗާޕްގައި  މައްސަލައެއް ހުރިކަންފާހަގަވެ މައްސަލަ އިސްލާޙުކޮށް ބަދަލު ގެނެވިފައިވާ ފޮތެކެވެ. އެޑިޔުކޭޝަނުންވަނީ މައްސަލަ ފާހަގަ ކުރެވުނު ސަފްޙާ މިހާރު އޮންނަ ގޮތުގެ ފޮޓޯއެއްވެސް ޙިއްސާކޮށްފައެވެ.

ބަދަލު ގެނެވުނު 7 ވަނަ ސަފްހާ

އެޑިޔުކޭޝަން މިނިސްޓްރީން ހާމަ ކުރިގޮތުގައި މައްސަލަ ފާހަގަ ކުރެވުނު ޗާޕްކޮޕީތައް ގިނަޢަދަދަކަށް ސްޓޮކްގައި ހުއްޓެވެ. އަދި އެފޮތްތައް ސްކޫލްތަކަށް ފޮނުވާފައިވަނީ ދަރިވަރުންނާ ފޮތްތައް ޙަވާލުކުރުމުގެ ކުރިން މައްސަލަހުރި ބައި އުނިކުރަން ސްކޫލްތަކަށް އިރުޝާދު ދިނުމަށްފަހުގައެވެ.

Leave a Comment

Your email address will not be published.