ރައީސުލްޖުމްހޫރިއްޔާ ޝަަަރަފުވެެރިކޮށްދެއްވި، ‘މަތީ އަރުތަވެެެރީންގެ އިނާމު 2020-2021’ ދިނުމަށް ބާއްވާ ރަސްމިއްޔާތުގެ ފުރަތަމަ ޖަލްސާ ބާއްވައިފި

2021-2020 ވަނަ އަހަރުގެ ސާނަވީ އަދި މަތީސާނަވީ ތަޢުލީމު ނިންމައި އެސްއެސްސީ އާއި އޯލެވެލް އަދި އެޗްއެސްސީ އާއި އޭލެވެލްގައި ފާހަގަކުރެވޭ މަތީނަތީޖާ ހޯދި ކުދިންނަށް އިނާމުދިނުމަށް ބާއްވާ ‘މަތީއަރުތަވެރީންގެ އިނާމު 2020-2021’ ދިނުމަށް ބާއްވާ ރަސްމިއްޔާތުގެ ފުރަތަމަ ޖަލްސާ މިރޭ ދަރުބާރުގޭގައި ބާއްވައިފިއެވެ.

މަތީ އަރުތަވެރީންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ބާއްވަނީ ދެރެޔެއްގައެވެ. މިއަދާއި މާދަމާރޭގެ ދެޖަލްސާވެސް ޝަރަފުވެރިކޮށްދެއްވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެވެ. ރޭގެ ޖަލްސާގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ބައިވެެރިވެވަޑައިގަތެވެ. މީގެ އިތުރުން ނާއިބް ރައީސް ފައިޞަލް ނަސީމްއާއި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީއާއި ކެބިނެޓްގެ ވަޒީރުންނާއި ދައުލަތުގެ އިސްބޭބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ދިވެހިރާއްޖޭން މިއަހަރުވަނީ 5955 ދަރިވަރަކު އެސްއެސްސީ އިމްތިޙާނާއި އޯލެވެލް އިމްތިޙާނުގައި ބައިވެެރިވެފައެވެ. މަތީސާނަވީ ނިންމާ އިމްތިޙާންތަކުގައި ބައިވެރިވީ 2641 ދަރިވަރެކެވެ.

މިއަހަރަކީ ސާނަވީ އަދި މަތީސާނަވީ ނިންމާ ދަރިވަރުންގެ ތެރެއިން އެންމެގިނަ ޢަދަދެއްގެ ދަރިވަރުން ގަދަ 10 ގައި ހިމެނުނު އަހަރެވެ. އެގޮތުން ސާނަވީ އިމްތިހާންތައްހެދި 757 ދަރިވަރަކުވަނީ ގައުމީ ގަދަ 10 ވަނައިގައި ހޮވިފައެވެ. އަދި 13 ދަރިވަރަކު ދުނިޔޭގެ ގަދަ 10 ވަނައިގައި ހިމެނިފައިވާއިރު 6 ދަރިވަރަކު ހައި އެޗީވްމަންޓް އެވޯޑް ހޯދިއެވެ. މަތީ ސާނަވީ އިމްތިޙާންތައް ނިންމި 347 ދަރިވަރަކު ގައުމީ ގަދަ 10 ގައި ހިމެނުނެވެ. ވަކިވަކިމާއްދާތަކުން ދުނިޔޭގެ އެންމެމޮޅު 10 ވަނައިގައި 41 ދަރިވަރަކު ހިމެނި 52 ވަނައެއް އެދަރިވަރުންވަނީ ހާސިލްކޮށްފައެވެ.

Leave a Comment

Your email address will not be published.