ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު މާދަމާ އޮންނާނެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު، މާދަމާ ހެނދުނު 7:15 ގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި ހުޅުމާލޭ ފޭސް 2 ގައި ހުޅުވޭ ފުރަތަމަ ސްކޫލް ހުޅުވުމުގެ މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިިއްޔާގެ ނައިބު ފައިޞަލް ނަސީމް އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމަށް ވަމުންގެންދިޔަ އެންމެ ފަހުގެ ތައްޔާރީތައް މިނިސްޓަރ ⁦‪ޑރ. ޢާއިޝަތު ޢަލީ‬⁩ ވަނީ ބައްލަވައިލައްވާފައެވެ. މިނިސްޓަރާއި އެ މިނިސްޓްރީގެ ޓީމްއެއް އެ ސްކޫލް އިމާރާތަށް ޒިޔާރަތްކުރައްވައި މަސައްކަތް ބައްލަވައިލެއްވީ އިހަށްދުވަހުއެވެ.

Leave a Comment

Your email address will not be published.