ރ. މާކުރަތު ސްކޫލްގެ 02 ބުރީގެ ޢިމާރާތުގެ މަސައްކަތަށް ކޮންޓްރެކްޓްކޮށްފި

ރ.މާކުރަތު ސްކޫލުގެ 02 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.


މާކުރަތު ސްކޫލްގެ 2 ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކުރެވުނީ ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއި އެވެ.
އެ ކުންފުނިން ރ.މާކުރަތު ސްކޫލްގެ މަސައްކަތަށް ހުށަހަޅާފައިވަނީ 8،056،265.49ރ( އަށްމިލިއަން ފަންސާސް ހަހާސް ދުއިސައްތަ ފަސްދޮޅަސް ފަސްރުފިޔާ ސާޅީސް ނުވަ ލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިޔަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމް އެވެ.
ޓޫ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އޮޕަރޭޝަން މެނޭޖަރ މުހައްމަދު އައިމަން އަހުމަދުއެވެ.

Leave a Comment

Your email address will not be published.