މިއަދަކީ ދުނިޔޭގެ ލިޔަން ކިޔަން ދަތުމުގެ ދުވަސް – ލިޔަން ކިޔަން ނުދަންނަ މީހުންގެ ގޮތުގައި ފާހަގަވެފައި ތިބި މީހުންނަށް ލިޔަން ކިޔަން ދަސްކޮށްދިނުމަށް ޚާއްޞަ މަސައްކަތްތަކެއް ފަށަނީ

މިއަދަކީ ދުނިޔޭގެ ލިޔަން ކިޔަން ދަތުމުގެ ދުވަހެވެ. ދުނިޔޭގެ ލިޔަން ކިޔަން ދަތުމުގެ ދުވަހާ ގުޅިގެން ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން ވަނީ އުމުރުން 18 އަހަރާއި 55 އަހަރާދެމެދުގެ އާބާދީގައި ލިޔަންކިޔަން ނުދަންނަ ކަމަށް ރާއްޖޭގައި ފާހަގަކުރެވިފައިތިބި އެންމެނަށް މިއަދުން ފެށިގެން ކުރިޔަށްއޮތް އަހަރުގެތެރޭގައި ލިޔަންކިޔަން ދަސްކޮށްދިނުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައެވެ. މި މަސައްކަތްކުރާނީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސްކޫލްތަކާ ގުޅިގެން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން އިންނެވެ. މީގެ އިތުރުން ލިޔެކިޔުން ނުދަތުން މުޅިން ފޮހެލެވިފައިވާ ރަށްތައް ވަކިއުސޫލެއްގެ މަތިން ފާހަގަކޮށް އެކަން އަންގައިދޭ ހަނދާނީ ލިޔުމެއް އެ ރަށްތަކަށް މި އަހަރުގެ ތެރޭގައި ދިނުމަށްވެސް ވަނީ ކަނޑައެޅިފައެވެ. ލިޔަންކިޔަން ނުދަތުން ފޮހެލެވިފައިވާ ރަށެއްގެ ގޮތުގައި ކަނޑައެޅުމުގައާއި ލިޔަންކިޔަން ދަންނަ 100 އިން ސައްތަ ހާސިލުކޮށްފައިވާ ރަށެއްގެ ގޮތުގައި އެރަށެއް ދެމިއޮތުމަށްޓަކައި އެކަމަށް ތައްޔާރުކުރެވިފައިވާ އުސޫލުގައިވާ ޝަރުޠުތައް ފުރިހަމަވާން ޖެހެއެވެ. 

 

ލިޔަންކިޔަން ދަތުމުގެ ދުވަހާއި ގުޅިގެން މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ލިޔަންކިޔަން ދަތުމުގެ ދުވަހު ސްކޫލަށް ފޮތް ހަދިޔާކުރުން  kiyamaa-hadhiyaakuramaa# މި ހޭޝްޓެގް އާއެކު ކުރިޔަށް ގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ ބޭނުމަކީ ފޮތަށް ލޯބި ޖައްސައި ފޮތް ކިޔުމުގެ އާދަ ހަރުލެއްވުމާއެކު ފޮތްކިޔޭނެމަގު ތަނަވަސް ކުރުމެވެ.

ލިޔަންކިޔަން ދަތުމުގެ ދުވަހު ސްކޫލްތަކުގައި ހިނގާ އެންމެ މުހިންމު އެއް ހަރަކާތަކީ ނޭޝަނަލް ލިޓަރަސީ އެންޑް މެތަމެޓިކްސް ސްޓްރެޓަޖީގެ އަމާޒަށް ވާސިލުވާނެހެން ކޮންމެ ސްކޫލެއްގައިވެސް ރީޑިންގ ޕްރޮގްރާމެއް ފެށުމެވެ. ބައެއް ސްކޫލްތަކުގައި އެ ސްކޫލްތަކުގެ އަމިއްލަ ރީޑިންގ ޕްރޮގްރާމްތައް މިހާރުވެސް ކުރިޔަށް ދާތީވެ، އެފަދަ ސްކޫލްތަކުންވެސް މި ރީޑިންގެ ޕްރޮގްރާމުގެ މަގްސަދާ އެއްގޮތަށް ކުރީގެ ޕްރޮގްރާމް ބައްޓަންކުރަން ސްކޫލްތަކަށްވަނީ އިރުޝާދު ދީފައެވެ.

 

 

Leave a Comment

Your email address will not be published.