ދިވެހި މާއްދާ ކިޔަވައިދޭ މުދައްރިސުން، ގައުމީ މަންހަޖަށް އަހުލުވެރި ކުރުވުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ދިވެހި މާއްދާ ކިޔަވައިދޭ މުދައްރިސުން ގައުމީ މަންހަޖާއި ދިވެހިބަހަށް އަހުލުވެރި ކުރުވުމުގެ ގޮތުން ގދ. އަތޮޅުގެ 7 ސްކޫލެއްގެ ދިވެހި މުދައްރިސުންނަށް އަމާޒުކޮށްގެން ގދ. މަޑަވެލީގައި 1 ދުވަހުގެ ވޯކްޝޮޕެއް ބާއްވައިފިއެވެ. މި ވޯކްޝޮޕްގެ މަގުސަދަކީ ދިވެހި މާއްދާ ކިޔަވައިދެއްވާ މުދައްރިސުން، ކަރިކިއުލަމަށް އަހުލުވެރި ކުރުވައި ކަރިކިއުލަމް ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމެވެ.

ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އިން ކުރިއަށްގެންދިޔަ މި ވޯކްޝޮޕް ޚާއްސަކޮށްފައިވަނީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒާއި ތިނަދޫ ސްކޫލާއި އަބޫބަކުރު ސްކޫލާއި މަޑަވެލި ސްކޫލާއި ހޯނޑެއްދޫ ސްކޫލާއި ނަޑެއްލާ ސްކޫލު އަދި ރަތަފަންދޫ ސްކޫލުގެ ދިވެހި މާއްދާ ކިޔަވައިދެއްވާ މުދައްރިސުންނަށެވެ. މި 7 ސްކޫލުން 30 މުދައްރިސުން މި ވޯކްޝޮޕްގައި ބައިވެރި ވިއެވެ.

އެންއައިއީގެ ސީނިއަރ ކަރިކިއުލަމް ޑިވެލޮޕްމެންޓް އެނަލިސްޓް ( ދިވެހި ކަރިކިއުލަމް ޑިވެލޮޕަރ) އަޒުރާ ތައުފީގު ކުރިޔަށްގެންދެވި މި ވޯކްޝޮޕަކީ ދިވެހި ސިލަބަހާ ގުޅޭގޮތުން ތަފާތު އެތަކެއް  މަޢުލޫމާތު ލިބިގެންދިޔަ އަދި ކަރިކިއުލަމް ތަންފީޒު ކުރުމުގައި ގެންގުޅޭނެ ތަފާތު އުކުޅުތައް މުދައްރިސުންނަށް ދަސްވެގެންދިޔަ ވޯކްޝޮޕެއްކަމުގައި ބައިވެރިންވަނީ ހާމަކޮށްފައެވެ.

 

 

Leave a Comment

Your email address will not be published.