އެޗްއެސްސީ އަދި އޭލެވެލް އިމްތިހާނު ފަށައިފި- ދަރިވަރުންގެ ކާމީޔާބީއަށް އެދި ހެޔޮއެދުންތައް އެޑިޔުކޭޝަނުންވަނީ ފާޅުކޮށްފައި

އިމްތިހާނުގެ ސުވާލުކަރުދާސް ތައްޔާާރުކުރުމާގުޅޭ އޮންލައިން ބައްދަލުވުމެއްގައި ޑީޕީއީގެ އިސްވެެރިޔާ އިޙުސާން

އެޗްއެސްސީ އަދި އޭލެވެލް އިމްތިޙާނު މިއަދު ފަށައިފިއެވެ. މިއަދު މިފެށި އިމްތިޙާނު ނިމޭނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

އެޗްއެސްސީ އަދި އޭލެވެލް އިމްތިޙާނު ފެށުމުގެ މުނާސަބާގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިއްޔެވަނީ މިއިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ކާމިޔާބީ އަށް އެދި ހެޔޮއެދުންތައް ފޮނުވާފައެވެ.

ރާއްޖޭގެ އިމްތިހާނުތަކާބެހޭ މައިއިދާރާ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ހާމަކުރި މަޢުލޫމާތުތައް ބުނެފައިވާ ގޮތުގައި މިއިމްތިހާނު ރާއްޖޭގެ 40 މަރުކަޒެއްގައި ކުރިޔަށްދާނެއެވެ.

މީގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ އެކިހިސާބުތަކުގެ 36 މަރުކަޒަކާއި މާލޭގައި އިމްތިހާނު ބާއްވާ 4 މަރުކަޒެކެވެ. މިފަހަރުގެ އިމްތިހާނުގައި ބައިވެެރިވަނީ 2785 ދަރިވަރުންނެވެ.

 

 

 

Leave a Comment

Your email address will not be published.