‘ލޭމްޕް’ ގެ ދަށުން، ފޮތް ތައްޔާރުކުރުމުގެ މަސައްކަތަށް ދެ ކޮންސަލްޓެންޓަކު ހަމަޖައްސަވައިފި

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރިއަށް ގެންދަވާ މޯލްޑިވްސް ލޭމްޕް ޕްރޮޖެކްޓް ދަށުން ރިފަރެންސް ފޮތް ތައްޔާރު ކުރުމުގެ މަސައްކަތަށް ދެކޮންސަލްޓެންޓަކު ހަމަޖައްސަވައިފިއެވެ.

“ދަ މޯލްޑިވްސް ލާރނިންގ އެޑްވާނެސްމަންޓް އެންޑް މެޝަރމެންޓް ޕްރޮޖެކްޓް” ( ލޭމްޕް ޕްރޮޖެކްޓް) ދަށުން ހަމަޖެއްސެވި ދެކޮންސަލްޓެންޓުންނަކީ ޑރ. މުޙައްމަދު އުމަރުއާއި ޑރ. މަރިޔަމް ޝަރީފާއެވެ. މިދެކޮންސަލްޓެންޓުން މަސައްކަތް ކުރައްވާނީ ކިޔަވައިދިނުމުގެ މައި ދާއިރާތަކާގުޅޭ ރިފަރެންސް ފޮތްތައް ދިވެހިބަހުން ތައްޔާރު ކުރުމުގެ މަސައްކަތުގެ ކޮންސަލްޓެންސީގައި ކަމަށްވަނީ އެނގިފައެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކުރައްވާފައިވާ ގޮތުގައި ލޭމްޕް ޕްރޮޖެކްޓްގެ ދަށުން މިތައްޔާރުކުރެވޭ ފޮތްތައް ރާއްޖޭގައި ދިވެހި މީޑިއަމުން ޓީޗަރުން ތަމްރީނުކުރާ ހުރިހާ ކޮލެޖްތަކާއި ޔުނިވަރސިޓީތަކަށް ފޯރުކޮށްދޭނެއެވެ. މިމަސައްކަތަކީ ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާގުޅިގެން ކުރެވޭ މަސައްކަތެކެވެ.

ލޭމްޕް ޕްރޮޖެކްޓް އަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިތުރުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ވެސް އެޕްރޮޖެކްޓްގެ މަސައްކަތް ހިންގުމުގައި ހިއްސާވާ ޕްރޮޖެކްޓެކެވެ.

 

 

Leave a Comment

Your email address will not be published.