ބުރުނީ ސްކޫލްގެ ވަށައިފާރު ރޭނުމުގެ މަސައްކަތް ހަވާލުކޮށްފި

ތ. ބުރުނީ ސްކޫލް ވަށައިފާރު ރޭނުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

ބުރުނީ ސްކޫލްގެ ވަށައިފާރު ރޭނުމުގެ މަސައްކަތް ހަވާލުކުރެވުނީ ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ PSIP-2022 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.

ނެކްސްޓާ މޯލްޑިވްސް އިން މި މަސައްކަތަށް ހުށަހަޅާފައިވަނީ 2،319،233.68ރ (ދެމިލިޔަން ތިންލައްކަ ނަވާރަހާސް ދުއިސައްތަ ތިރީސްތިން ރުފިޔާ ފަސްދޮޅަސްއަށްލާރި) އަށް މި މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެމިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމް އެވެ.

ނެކްސްޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ސައީދު މުހައްމަދު އެވެ.

Leave a Comment

Your email address will not be published.