ހިރިލަންދޫ ސްކޫލުގެ 3 ބުރި އިމާރާތާއި 8 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ހަވާލުކޮށްފި

ތ.ހިރިލަންދޫ ސްކޫލް 03 ބުރި އިމާރާތާއި، 08 ކްލާސްރޫމް އަދި މަލްޓި ޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ.  މި މަސައްކަތް ހަވާލުކުރީ ޓިކް ޓެކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

މިއީ PSIP-2021 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.

ޓިކްޓެކް ކުންފުނިން ތ.ހިރިލަންދޫ ސްކޫލްގެ މަސައްކަތަށް ހުށަހަޅާފައިވަނީ 34،683،731.99ރ(ތިރީސް ހަތަރު މިލިއަން ހަލައްކަ އައްޑިހަ ތިންހާސް ހަތް ސަތޭކަ ތިރީސް އެއްރުފިޔާ ނުވަދިހަ ނުވަލާރި (އަށް މި މަސައްކަތް 400 ދުވަހުގެ ތެރޭގައި ނިންމައި ދިނުމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެމިނިސްޓްރީ ސީނިޔަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދް އިބްރާހީމްއެވެ.

ޓިކް ޓެކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް ފައިނޭންސް އިސްމާއީލް ޒަހްރާން ޒުބައިރުއެވެ.

Leave a Comment

Your email address will not be published.