ޕެޑެގޮޖީ އެންޑް އެސެސްމަންޓްގެ ތަމްރީން ވޯރކްޝޮޕެއް ފަށައިފި

ޕެޑަގޮޖީ އެންޑް އެސެސްމެންޓްގެ ނަމުގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ޝާމިލްވާގޮތަށް އެން.އައި.އީ އިން ތަމްރީން ޕްރޮގްރާމެއް ކުރިޔަށްގެންދަން ފަށައިފިއެވެ. މިއީ ކީސްޓޭޖް 1 އަދި 2 ގެ ޓީޗަރުންނާއި ޕީޑީ ކޯޑިނޭޓަރުންނަށް އަމާޒުކޮށް ހިންގޭ ތަމްރީން ޕްރޮގްރާމްތަކެކެވެ.

މި ޓްރެއިނިންގގެ މަޤްޞަދަކީ ކަރިކިޔުލަމްގެ ބައިތަކަށް ޓީޗަރުން އަހުލުވެރިކުރުވުމާއި ފެންވަރުގެ ގޮތުން ތަފާތު ކުދިން ބައިވެރިކޮށްގެން ކިޔަވައިދިނުން ބައްޓަންކުރާނެ ގޮތުގެ މައުލޫމާތު ފޯރުވައިދިނުމެވެ.

މިގޮތުން މިއަދުން ފެށިގެން މިމަހުގެ 20 ގެ ނިޔަލަށް ފެށިގެން ކުރިޔަށް ދަނީ ޅ އަތޮޅާއި ކ އަތޮޅުގެ ސްކޫލްތަކުގެ ޓީޗަރުންނަށް ބާއްވާ ޓްރެއިނިންގއެވެ. މިދެއަތޮޅުން މިދެއަތޮޅުން މިޓްރެއިނިންގގައި ބައިވެރިވަނީ 24 ޓީޗަރުންނެވެ. މީގެ އިތުރުން ލ އަދި ނ. އަތޮޅު ސްކޫލްތަކުގެ ބައިވެރިންނަށްވެސް މިތަމްރީންތައް މިހާރުވަނީ ފެށިފައެވެ. ލ އަތޮޅުން 26 ޓީޗަރުން ބައިވެރިވާއިރު ނ އަތޮޅުން 39 ޓީޗަރުން މިތަމްރީން ހަދައެވެ. މުޅި ރާއްޖެއަށް އަމާޒުކޮށް ހިންގާ މިޓްރެއިނިންގ ، ހުރިހާ ސަރަހައްދެއް ކަވަރުކޮށް ނިމޭނީ އަންނަ މަހުގެ މެދުތެރޭގައެވެ. މިފަހަރު މިހަތަރު އަތޮޅަށް ހިންގާ މި  ވޯރކްޝޮޕް ހިނގަމުންދަނީ އެންއައިއީގެ ސެމިނަރ ރޫމްގައެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ފެސިލިޓޭޓަރުންނަކީ އެން.އައި.އީގެ ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނަލިސްޓުންގެ ގޮތުގައި މަސައްކަތްކުރައްވާ ޓީ.އާރު.ސީ ކޯޑިނޭޓަރުންނެވެ.

Leave a Comment

Your email address will not be published.