ނެސްލޭ ފުޓްބޯޅަ ފިއެސްޓާ ފަށައިފި- ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ

ނެސްލޭ ކިޑްސް ފުޓުބޯޅަ ފިއެސްޓާ ފަށައިފިއެވެ. މިފިއެސްޓާ ހުޅުވުމުގެ ރަސްމިއްޔާތުބާއްވައިފައިވަނީ އިއްޔެގައެވެ.

މާލެ ސަރަހައްދުގައި ފެށުނު މިފަހަރުގެ ފިއެސްޓާގެ އެހެން ފަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް ބައިވެރިވަނީ މާލެ ސަރަހައްދުގެ ސްކޫލްތަކުން އެކަންޏެވެ.

މާލެ ސަރަހައްދުގެ އިތުރުން ރާާާއްޖޭގެ ބައެއް އެހެން ސަރަހައްދުތަކުގައިވެސް މިހަރަކާތް މީގެ ކުރިންވަނީ ބާއްވައިފައެވެ. މިގޮތުން އައްޑޫ ސިޓީ އަދި ފޯއްމުލައް ސިޓީއާއި މާލޭން އުތުރު ސަރަހައްދެއްކަމަށްވާ ނ އަތޮޅުގައިވެސް މިހަރަކާތް މީގެކުރިން ހިންގާފައިވެއެވެ.

ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑީވްސް އިން އިންތިޒާމުކޮށްގެން ބާއްވާ މިފަހަރުގެ ފިއެސްޓާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީއެވެ.

އިއްޔެއިން ފެށިގެން މިމަހު 22 އަށް ކުރިއަށްދާ މި ފިއެސްޓާގައި މާލޭ ސަރަޙައްދުގެ 20 ސްކޫލަކުން ޖުމްލަ 720 ދަރިވަރުން ބައިވެރިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މިއަހަރުގެފިއެސްޓާގެ ހަރަކާތްތަކުގައި ބައިވެރިވަނީ ގްރޭޑް 3 އަދި 4 ގެ ދަރިވަރުންނެވެ.

މިއީ ފުޓްބޯޅައިގެ ހުނަރުދަރިވަރުންގެ ކިބައިގައި އަށަގެންނެވުމުގެ ބޭނުމުގައި 2014 ވަނައަހަރުން ފެށިގެން ހިންގާ ހަރަކާތެކެވެ.

Leave a Comment

Your email address will not be published.