ފުޓްބޯޅަ ފިއެސްޓާ ނިމިއްޖެ – ގްރޭޑް 3 ގެ ޗެމްޕިއަންކަން އިސްކަންދަރު ހޯދިއިރު ގްރޭޑް 4 ގެ ޗެމްޕިއަން ޓީމަކީ ޖަމާލުއްދީން

ނެސްލޭ ކިޑްސް ފުޓުބޯލް ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިރަސްމިއްޔާތު އޮތީ އިއްޔެގައެވެ. މިމަހު 19 ގައި ފެށުނު މި ފުޓްބޯޅަ ފިއެސްޓާގެ މެޗުތައް ބޭއްވުނު ފަހުދުވަހަކީ އިއްޔެއެވެ.

އިއްޔެ ބޭއްވުނު ފުޓްބޯޅަ ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ⁦‪އިބްރާހީމް މުޙައްމަދު ޞާލިޙު‬⁩އެވެ. އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ ⁦‪ޑރ. ޢާއިޝަތު ޢަލީ‬⁩ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔައީ މާލޭ ސަރަޙައްދުގެ ސްކޫލުތަކުގެ ގްރޭޑް 3 އަދި 4 ގެ ދަރިވަރުންނަށެވެ. މުބާރާތުގައި ގްރޭޑް 3 ގެ ޗެމްޕިއަންކަން ހޯދާފައިވަނީ ⁦‪އިސްކަންދަރު ސްކޫލެވެ. އަދި އެގްރޭޑުން ރަނަރއަޕް ޓީމަކަށް  ހޮވިފައިވަނީ ⁦‪ރެހެންދި ސްކޫލް‬⁩އެވެ

ގްރޭޑް 4ގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޖަމާލުއްދީން ސްކޫލެވެ. ރަނަރއަޕް ޓީމަކަށް ހޮވިފައިވަނީ ކާމިލް ދީދީ ޕްރައިމަރީ ސްކޫލްއެވެ.

މި މުބާރާތުގައި މާލޭ ސަރަޙައްދުގެ 20 ސްކޫލަކުން ޖުމްލަ 720 ދަރިވަރުން ބައިވެރިވިއެވެ.

ސޮކަރ ވެޓެރަންސް އެސޯސިއޭޝަނުންވަނީ މިދިޔަ ޖޫންމަހުވެސް މީގެ މުބާރާތެއް ބާއްވައިފައެވެ.

Leave a Comment

Your email address will not be published.