ޖީޕީއީ ގެ ސިޔާސަތު ކަނޑައަޅާ ބޯޑުގެ އޭޝިޔާ ޕެސިފިކް ސަރަހައްދު ތަމްސީލުކުރައްވާ މެންބަރުކަމަށް، އެޑިޔުކޭޝަން މިނިސްޓަރ ޑރ ޢާއިޝަތު ޢަލީ އިންތިޚާބުވެވަޑައިގެންފި

ގްލޯބަލް ޕާޓްނަރޝިޕް ފޮރ އެޑިއުކޭޝަން (ޖީޕީއީ)ގައި އޭޝިއާ އެންޑް ޕެސިފިކް ދާއިރާ ތަމްސީލު ކުރާ އޯލްޓަނޭޓް ބޯޑު މެމްބަރަކަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ.އައިޝަތު އަލީ އިންތިހާބުކޮށްފިއެވެ.

ޖީ.ޕީ.އީ އަކީ ދަށް އާމްދަނީ ލިބޭ ޤައުމުތަކުގެ، ހަމައެކަނި ތަޢުލީމަށް ބަދަލުގެނައުމަށް ޚާއްޞަކުރެވިފައިވާ އެންމެ ބޮޑު ގްލޯބަލް ފަންޑިންގ ޕާޓްނަރެވެ.

މިނިސްޓަރު ޑރ ޢާއިޝަތު ޢަލީ މިމަގާމަށް އިންތިޚާބުވެވަޑައިގެންފައިވަނީ އެ ދާއިރާއަށް އެކަމަނާގެ ނަން ހުށަހެޅުއްވި މަރުހަލާއެއްގެ ތެރެއިން ، ޖީޕީއީ ސެކްރެޓޭރިއޭޓުން ވިސްނުމަށްފަހު އެ ދާއިރާގެ މެމްބަރު ގައުމުތަކުގެ އެންޑޯސްމަންޓްއާއެކުގައެވެ. އެކަމަނާއަށް އެ ދާއިރާގެ ހުރިހާ މެންބަރުން ވެސް ތާއީދު ކުރީ ބޮޑު އިތުބާރަކާއި ޔަގީންކަމާ އެކުގައެވެ.

ޖީޕީއީގެ ޑިރެކްޓަރުންގެ ބޯޑަކީ އެ ޕާޓްނާޝިޕްގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ކަނޑައަޅާ އިސްފަރާތެވެ.

މި ބޯޑުގައި ޕާޓްނަރޝިޕްގެ ފުޅާ އަދި ތަފާތު ސިފަތައް ދައްކުވައިދޭއިރު، ބޯޑުގައި ހިމެނެނީ ދަށް އާމްދަނީ ލިބޭ ޤައުމުތަކުގެ ސަރުކާރުތަކާއި ތަރައްޤީގެ ބައިވެރިން ކަމަށްވާ ޑޯނަރުންނާއި މަދަނީ ޖަމްޢިއްޔާތަކާއި ޕްރައިވެޓް ސެކްޓަރ އަދި އެކި ފައުންޑޭޝަންތަކާއި މަލްޓިލޭޓަރަލް އެޖެންސީތަކާއި ރީޖަނަލް ބޭންކުތަކުން ކަޑައަޅާ މެންބަރުންނެވެ.

ބޯޑުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖީޕީއީގެ ލަނޑުދަނޑިތަކުގެ މައިގަނޑު ސިޔާސަތުތައް ތަންފީޒު ކުރެވެމުންދާ ގޮތް މުރާޖައާކުރުމާއި އެ ލަނޑުދަނޑިތައް މަގުން ކައްސާލަފާނެ މައިގަނޑު ނުރައްކާތަކަށް ރިއާޔަތްކުރުމާއި ވިޔަފާރީގެ މޮޑެލް އާއި ޕްލެޓްފޯމްތައް އެކަށައެޅުން ހިމެނެއެވެ.

މި ބޯޑަކީ ދުނިޔޭގެ ލީޑަރެއްގެ އިތުރުން ވަކާލާތު ކުރާ އަދި ތައުލީމު ހާސިލްކުރާ ފަރާތްތައް އެއްތަންކުރުވުމުގެ މަސައްކަތް ކުރާ ބޯޑެކެވެ.

 

 

Leave a Comment

Your email address will not be published.