ށ. އަތޮޅު މަދަރުސާއާއި ލ. ކުނަހަންދޫ ސްކޫލްގައި އިމާރާތްތަކެއްގެ މަސައްކަތް، 2 ކުންފުންޏަކާ ހަވާލުކޮށްފި

ށ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތާއި ލ. ކުނަހަންދޫ ސްކޫލް 4 ކްލާސްރޫމާއި ލައިބްރަރީ އަދި ލެބޯޓެރީ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ދެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ. ވަކިން ބޭއްވި މި 2 ހަރަކާތް ބޭއްވީ މިއަދު މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގައެވެ.

ށ. އަތޮޅު މަދުރަސާގެ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ހަވާލުކުރެވުނީ އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

މިއީ PSIP-2021 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.

އެ ކުންފުނިން ށ.އަތޮޅު މަދަރުސާގެ މަސައްކަތަށް ހުށަހަޅާފައިވަނީ 13،948،530.61 ރ)ތޭރަ މިލިއަން ނުވަލައްކަ ސާޅީސް އަށްހާސް ފަސްސަތޭކަ ތިރީސް ރުފިޔާ ފަސްދޮޅަސް ހަ ލާރި (އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިޔަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ. އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ހުސައިން ވަހީދުއެވެ.

ދެން ސޮއިކުރެވުނު އަނެއް ކޮންޓްރެކްޓަކީ ލ.ކުނަހަންދޫ ސްކޫލް 4 ކުލާސްރޫމް، ލައިބްރަރީ އަދި ލެބޯރަޓަރީ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓެވެ.

މި މަސައްކަތް ހަވާލުކުރެވުނީ ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑާއެވެ. PSIP-2021 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.

އެކުންފުނިން މި މަސައްކަތަށް ހުށަހަޅާފައިވަނީ 10،591،730.96ރ (ދިހަ މިލިއަން ފަސް ލައްކަ ނުވަދިހަ އެއްހާސް ހަތްސަތޭކަ ތިރީސް ރުފިޔާ ނުވަދިހަ ހަ ލާރި) އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމްއެވެ. ނޯތު ކޯސްޓް ކޮންޓްރެކްޓަރސް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޢަލީ ޢިޔާންއެވެ.

Leave a Comment

Your email address will not be published.