ތަޢުލީމީ ގުޅުމުން އިންތިޒާމުކުރާ ‘ޓީޖީ ކަޕް-2022’ ނޮވެންބަރ 2 ވަނަ ދުވަހު ފަށަނީ

ތަޢުލީމީ ގުޅުމުން އިންތިޒާމުކޮށްގެން ބާއްވާ ’ޓީޖީ ކަޕް 2022‘ ގެ ގުރުއަތުލުން ބާއްވައިފިއެވެ. ޓީޖީ ކަޕަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އެމިނިސްޓްރީގެ ޑިޕާޓްމަންޓްތައް އަދި މާލެ ސަރަޙައްދުގެ ސްކޫލުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މިމުބާރާތަކީ މީގެ އަހަރުތަކެއް ކުރިން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިފަހަރުގެ މުބާރާތުގައި އަންހެން މުއައްޒަފުންނަށް ޚާއްސަކޮށް ހޭންޑްބޯލް އާއި ފިރިހެން މުއައްޒަފުންނަށް ޚާއްސަ ފުޓްސަލް ހިމެނޭގޮތަށް 2 ކެޓެގަރީއެއް ހިމެނެއެވެ.

މިމުބާރާތް ބޭއްވުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ޓީމްވޯކްގެ ތެރެއިން މަސައްކަތުގެ ރޫހު އާލާކޮށް, ބަދަހި އެކުވެރި ގުޅުމުން މުއައްޒަފުންގެ މަސައްކަތަށް އިތުރު ކުރިއެރުން ގެނައުމާއި ކުޅިވަރުގެ ތެރެއިން ހަށިހެޔޮ ދުޅަހެޔޮ ބަޔަކަށް މުއައްޒަފުން ހެދުން ކަމަށް ތަޢުލީމީ ގުޅުމުގެ ރައީސް ފަތުޙުﷲ މުޙައްމަދު ވިދާޅުވިއެވެ.

މިފެށޭ ނޮވެންބަރު މަހުގެ 2 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ހޭންޑްބޯލް ކެޓެގަރީގައި 20 ޓީމު ބައިވެރިވެފައިވާއިރު ފުޓްސަލް ކެޓެގަރީގައި 13 ޓީމު ވަނީ ބައިވެރިވެފައެވެ.

މުބާރާތް ހިގަމުންދާނީ ހުޅުމާލޭގެ ރެހެންދި ސްކޫލް ދަނޑުގައެވެ.

Leave a Comment

Your email address will not be published.