ދިވެހި މާއްދާ ކިޔަވައިދޭ މުދައްރިސުން ގައުމީ މަންހަޖަށް އަހުލުވެރި ކުރުވަން މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

ދިވެހި މާއްދާ ކިޔަވައިދޭ މުދައްރިސުން ގައުމީ މަންހަޖާއި ދިވެހިބަހަށް އަހުލުވެރި ކުރުމުގެ ގޮތުން ގއ. އަދި ގދ. ގެ 7 ސްކޫލެއްގެ ދިވެހި މުދައްރިސުންނަށް އަމާޒުކޮށްގެން 1 ދުވަހުގެ ވޯކްޝޮޕެއް ބާއްވައިފިއެވެ. މިވޯރކްޝޮޕް ބާއްވައިފައިވަނީ ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫގައެވެ.

މި ވޯކްޝޮޕްގެ މަގުސަދަކީ ދިވެހި ކިޔަވައިދެއްވާ މުދައްރިސުން ކަރިކިއުލަމަށް އަހުލުވެރި ކުރުވައި، ކިޔަވައިދިނުމުގައާއި ކަރިކިއުލަމް ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދައިދިނުމެވެ.

ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ) އިން ކުރިއަށްގެންދިޔަ މި ވޯކްޝޮޕް ޚާއްސަކޮށްފައިވަނީ ގދ. އަތޮޅުމަދަރުސާއާއި  ގދ. ވާދޫ ޖަމާލުއްދީން ސްކޫލާއި،  ހުވަދޫސްކޫލާއި، ފިޔޯރީސްކޫލުގެ އިތުރުން ގއ. ގެމަނަފުށީ ސްކޫލާއި ކަނޑުހުޅުދޫ ސްކޫލާއި ކޮނޑޭ ސްކޫލުގެ ދިވެހި ކިޔަވައިދެއްވާ މުދައްރިސުންނަށެވެ. މި 7 ސްކޫލުން ޖުމްލަ 30 މުދައްރިސުން މި ވޯކްޝޮޕްގައި ބައިވެރި ވިއެވެ.

އެންއައިއީގެ ސީނިއަރ ކަރިކިއުލަމް ޑިވޮޕްމަންޓް އެނަލިސްޓް ( ދިވެހި ކަރިކިއުލަމް ޑިވެލޮޕަރ) އައިޝަތު ޒިދުނާ ފެސިލިޓޭޓް ކޮށްދެއްވި މި ވޯކްޝޮޕަކީ ދިވެހި ސިލަބަހާ ގުޅޭ ގޮތުން ތަފާތު އެތަކެއް  މަޢުލޫމާތު ލިބިގެންދިޔަ އަދި ކަރިކިއުލަމް ތަންފީޒު ކުރުމުގައި ގެންގުޅޭނެ ތަފާތު އުކުޅުތައް މުދައްރިސުންނަށް ދަސްވެގެންދިޔަ ވޯކްޝޮޕެކެވެ.

Leave a Comment

Your email address will not be published.