ޕެޑަގޮޖީ އެންޑް އެސެސްމަންޓް ތަމްރީން އައްޑޫ ސިޓީގައި ހިންގައިފި

ޕެޑަގޮޖީ އެންޑް އެސެސްމެންޓްގެ ނަމުގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ޝާމިލްވާގޮތަށް ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން، (އެން.އައި.އީ) އިން ހިންގާ ތަމްރީން ޕްރޮގްރާމް އައްޑޫ ސިޓީގައި ކުރިޔަށް ގެންގޮސްފިއެވެ. މިތަމްރީންތައް އޮތީ މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ.

އައްޑޫ ސިޓީގައި ހިންގުނު މިޕްރޮގްރާމްގައި އެސިޓީގެ ސްކޫލްތަކުގައި މަސައްކަތްކުރައްވާ 55 ޓީޗަރަކު ބައިވެރިވިއެވެ. މިތަމްރީންތަކަކީ ކީސްޓޭޖް 1 އަދި 2 ގެ ޓީޗަރުންނާއި ޕީޑީ ކޯޑިނޭޓަރުންނަށް އަމާޒުކޮށް ހިންގާ ތަމްރީން ޕްރޮގްރާމްއެކެވެ.

މި ޓްރެއިނިންގގެ މަޤްޞަދަކީ ކަރިކިޔުލަމްގެ ބައިތަކަށް ޓީޗަރުން އަހުލުވެރިކުރުވުމާއި ފެންވަރުގެ ގޮތުން ތަފާތު ކުދިން ބައިވެރިކޮށްގެން ކިޔަވައިދިނުން ބައްޓަންކުރާނެ ގޮތުގެ މައުލޫމާތު ފޯރުވައިދިނުމެވެ.

މުޅި ރާއްޖެއަށް އަމާޒުކޮށް ހިންގާ މިޓްރެއިނިންގ ޕްރޮގްރާމްގައި ރާއްޖޭގެ ހުރިހާ ސަރަހައްދެއް ކަވަރުކޮށް ނިމޭނީ އަންނަ މަހުގެ މެދުތެރޭގައެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ފެސިލިޓޭޓަރުންނަކީ އެން.އައި.އީގެ ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނަލިސްޓުންގެ ގޮތުގައި މަސައްކަތްކުރައްވާ ޓީ.އާރު.ސީ ކޯޑިނޭޓަރުންނެވެ.

 

 

Leave a Comment

Your email address will not be published.