ޕްރިންސިޕަލުންގެ ޓީމާކުޅެ އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިޔަރ މެނޭޖްމަންޓުގެ ޓީމް ބަލިވެއްޖެ

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިޔަރ މެނޭޖްމަންޓް ޓީމާއި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ޓީމާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ފުޓްސަލް މެޗު، މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ޓީމުން ކާމިޔާބު ކޮށްފިއެވެ.

މިމެޗަކީ ތަޢުލީމީ ގުޅުމުން އިންތިޒާމުކުރި ޓީޖީ ކަޕް-2022 ނިމުމުގެގެ ރަސްމިއްޔާތުގައި ހިމެނިގެން ކުޅެވުނު އެކުވެެރިކަމުގެ މެޗެކެވެ. 2016 އިން ފެށިގެން ކުރިޔަށް ގެންދާ މިމުބާާތުގައި މިފަހަރަކީ މިހާތަނަށް ބޭއްވުނު އެންމެ ފޯރިގަދަ މުބާާތް ބޭއްވުނު ފަހަރެވެ. މިފަހަރުގެ މުބާރާތުގައި ޖުމުލަ 67 މެޗުކުޅެވުނު ނަމަވެސް އެއްވެސް މެޗެއްގައި އިންތިޒާމްކުރުމުގަޔާއި އެހެންވެސް އިތުރު މައްސަލައެއް ކުރިމަތިވެފައެއް ނުވެއެވެ.

ޓީޖީ ކަޕްގެ ދެކެޓެގަރީގައި ޖުމުލަ 33 ޓީމު ބައިވެރިވެފައިވެއެވެ.

 

Leave a Comment

Your email address will not be published.