ހޭންޑްބޯލް ޗެމްޕިޔަނަކީ އަމީނިއްޔާ؛ ފުޓްސަލް ޗެމްޕިޔަނަކަށް އެޑިޔުކޭޝަން މިނިސްޓްރީ

ހޭންޑްބޯލް ޗެމްޕިއަން އަމީނިއްޔާ ޓީމު

ތަޢުލީމީ ގުޅުމުން އިންތިޒާމްކޮށްގެން މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ޓީޖީ ކަޕް-2022 ގެ ހޭންޑްބޯލް އެންމެ މޮޅުޓީމަކަށް އަމީނިއްޔާ ސްކޫލް އަދި ފުޓްބޯޅައިގެ އެންމެ މޮޅު ޓީމަކަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން ހޮވިއްޖެއެވެ.

2 ކެޓެރީއަކަށް ކުރިޔަށް ގެންދިޔަ މިމުބާރާތުގެ އަންހެން ކެޓެގަރީއަށް ޚާއްޞަ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިޔަންކަން އަމީނިއްޔާ ސްކޫލް ހޯދީ ހިރިޔާ ސްކޫލާ ވާދަކޮށް 9 ގޯލް 8 ގޯލުންނެވެ. ފިރިހެނުންގެ ފުޓްސަލް ކެޓެގަރީން އެޑިޔުކޭޝަން މިނިސްޓްރީ ވާދަކުރީ ރެހެންދި ސްކޫލާއެވެ. މުބާރާތުގެ ޗެމްޕިޔަންކަން އެޑިޔުކޭޝަން މިނިސްޓްރީން ހޯދީ ރެހެންދި ސްކޫލް 3 ލަނޑު 1 ލަނޑުން ބަލިކޮށްގެންނެވެ.

މިމަހު ދެވަނަ ދުވަހު ފެށި ތައުލީމީ ގުޅުމުގެ ޓީޖީ ކަޕް-2022 ގައި ހޭންޑްބޯލް ކެޓެގަރީގައި 20 ޓީމެއްވަނީ ވާދަކޮށްފައެވެ. ފުޓްސަލްގައި ބައިވެރިވީ 13 ޓީމެކެވެ. މިމުބާރާތުގައި މެދެކެޓެގަރީން ޖުމުލަ 67 މެޗެއްވަނީ ކުޅެފައެވެ.

ޗެމްޕިޔަން ޓީމުތަކަށް ތައްޓާއި އިނާމު ދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ އެވެ.

 

Leave a Comment

Your email address will not be published.