‘ޔުނިސޯލްވް’ އަށް އަހުލުވެެރިކުރުމުގެ ތަމުރީނު ޕްރޮގްރާމްގައި 53 ސްކޫލަކާއި އެންއައިއީ އަދި އެޑިޔުކޭޝަން މިނިސްޓްރީ

ސުކޫލު ތަކުގައި އަޕްޝިފްޓް ތަންފީޒުކުރުމަށް ބޭނުންކުރާ އޮންލައިން މަންސަ ކަމުގައިވާ ޔުނިސޯލްވް އަށް އަހުލުވެރިކުރުމުގެ ތަމުރީނު ޕްރޮގްރާމެއް ފެށިގެން ކުރިޔަށް އެބަދެއެވެ.

53 ސުކޫލުން 106 ބޭފުޅުންނާއި ޓީއާރުސީ ކޯޑިނޭޓަރުންގެ 11 ބޭފުޅުން އަދި ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބޭފުޅުން މިތަމުރީނުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ސުކޫލުތަކުން ބައިވެރިވެވަޑައިގަންނަވަނީ އެސުކޫލެއްގެ ޕްރިންސިޕަލާއި އިތުރު އެހެން ބޭފުޅެކެވެ.

ތަމުރީނުތައް ކުރިޔަށް ދަނީ 2 ގުރޫޕަކަށް ބަހާލައިގެންނެވެ. ފުރަތަމަ ގުރޫޕުގެ ތަމުރީނުތައް އޮންނާނީ ނޮވެންބަރު 7 އިން 8 އަށް ދަރުމަވަންތަ ސުކޫލުގައެވެ. 2 ވަނަ ބައިގެ ތަމުރީނުތައް އޮންނާނީ 9 އިން 10 އަށް އަހުމަދިއްޔާ އިންޓަރނޭޝަނަލް ސުކޫލުގައެވެ.

ފެސިލިޓޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވަނީ ޔުނިސޯލްވް ތަރައްގީކުރުމުގެ މޭސްތިރިން ކަމުގައިވާ އިންޑިޔާގެ ހައިދަރުއާބާދަށް ނިސްބަތްވާ އިންކިޔުލެބް ފައުންޑޭޝަންގެ 3 ހަބީރުން ކަމަށްވާ މެހެރް ކިރަން ސިންހް އާއި ޓިއާރާ ޕްރަސާދް އާއި ޝްރަމަންތު ރާޖަރަތުނަމް އެވެ.

ޔުނިސޯލްވް އަކީ 21 ވަނަ ގަރުނުގެ ހުނަރުތައް ކަމަށްވާ، ބިނާކުރަނިވި ވިސްނުމާ، އުފެއްދުންތެރި ވިސްނުމާ، ގުޅިގެން މަސައްކަތްކުރުމާ، މުއާމަލާތާއި މުވާސަލާތު ކުރުމުގެ ހުނަރުތައް ފުރާވަރުގެ ކުދީންގެ ކިބައިގައި އަށަގެންނެވުމަށް، ޔުނިސެފްގެ އިސްނެގުމުގެ ދަށުން އެކިއެކި ގައުމު ތަކުގައި ކުރިޔަށް ގެންދާ އަޕްޝިފްޓް ޕުރޮގުރާމު އޮންލައިން ކޮށް ސުކޫލުތަކުގައި ތަންފީޒުކުރުމަށް ބޭނުންކުރާ މަންސަ އެވެ.

މި ޕުރޮގްރާމު ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ ޢަބްދުﷲ ރަޝީދުއެވެ.

ބައިވެރިންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަައިގައި، އަޕްޝިފްޓްގެ މުހިންމުކަމާ، މި ރާއްޖޭގެ ގައުމީ މަންހަޖު ބިނާވެފައިވާ 8 ގާބިލިއްޔަތާއި އަޕްޝިފްޓާ ހުރި ގުޅުމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި މި ޕުރޮގުރާމު ކާމިޔާބު ޕުރޮގުރާމަކަށް ހެދުމަށް ސުކޫލުތަކުން ވަރަށް ބޮޑަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަތެވެ. އަޕްޝިފްޓަކީ ސުކޫލުތަކަށް ގެނެވޭ އިތުރު ކަމެއް ނޫންކަމާ، މަންހަޖުގެ ގާބިލިއްޔަތުތައް ހާސިލުކުރުމަށް ކޮންމެހެން މުހިންމު ޕުރޮގުރާމެއްކަންވެސް ފާހަގަކުރެއްވިއެވެ.

 

 

Leave a Comment

Your email address will not be published.