މ. އަތޮޅު މަދަރުސާގެ އައު އިމާރާތް ބޭނުންކުރަން ފަށައިފި- އެސްކޫލްގައި ދެން ކިޔަވައިދޭނީ އެއް ދަންފަޅިޔަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން‏ މ. އަތޮޅު ކޮޅުފުށީގައި ގައި ޢިމާރާތްކުރަން ފެށި އެއަތޮޅު މަދަރުސާގެ 8 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ނިމި، ބޭނުންކުރަން ފަށައިފިއެވެ. އެގޮތުން މިމަހުގެ 26 ގައި (މިއަދުގައި) އޮތް ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވައިފައިވަނީ މި ސްކޫލް ހޯލްގައިކަން ފާހަގަކުރެވެއެވެ.

މި ޢިމާރާތާ އެކު މި ހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓަރމްގެ ކިޔެވުން ފެށޭއިރު މ. އަތޮޅު މަދަރުސާ ވެގެންދާނީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މަޢުލޫމާތު ދެއެވެ.

މ. އަތޮޅު މަދަރުސާގެ މިޢިމާރާތް ކުރުމުގެ މަސައްކަތް ފަށާފައިވަނީ 14 ޖެނުއަރީ 2020 ވަނަ އަހަރުއެވެ. މިމަސައްކަތް އެވޯރޑް ކޮށްފައިވަނީ 14 މިލިޔަން 138 ހާސް 250 ރުފިޔާއަށް ސްވިފްޓް އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑާއެވެ.

Leave a Comment

Your email address will not be published.