ފިނޭ ސްކޫލްގެ މަލްޓިޕާޕަރސް ހޯލުގެ މަސައްކަތް ހަވާލުކޮށްފި

ހދ.ފިނޭ ސްކޫލުގެ މަލްޓިޕަރޕަސް ހޯލުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކުރުން ބާއްވައިފިއެވެ.

ފިނޭ ސްކޫލްގެ މަސައްކަތް ހަވާލުކުރެވުނީ ވޭވްލެންތު ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ PSIP 2021 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.

ވޭވްލެންތު ޕްރައިވެޓް ލިމިޓެޑުން މި މަސައްކަތަށް ހުށަހަޅާފައިވަނީ 12،567،225.89ރ (ބާރަ މިލިއަން ފަސްލައްކަ ފަސްދޮޅަސް ހަތް ހާސް ދުއިސައްތަ ފަންސަވީސް ރުފިޔާ އަށްޑިހަ ނުވަ ލާރި)އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމްއެވެ.

ވޭވްލެންތު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ މުޙައްމަދު ފަޒީލްއެވެ.

Leave a Comment

Your email address will not be published.