ބ. ފުޅަދޫ ސްކޫލް އޮފީހާއި ކްލާސްރޫމެއް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ބ.ފުޅަދޫ ސްކޫލް އޮފީސް އަދި 01 ކްލާސްރޫމްގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރީ އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ ÷ށީ÷ 2021 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.

އެ ކުންފުނިން މިމަސައްކަތަށް ހުށަހަޅާފައިވަނީ 2،518،927.66ރ (ދެ މިލިއަން ފަސްލައްކަ އަށާރަ ހާސް ނުވަސަތޭކަ ހަތާވީސް ރުފިޔާ ފަސްދޮޅަސް ހަ ލާރި)އަށް މި މަސައްކަތް 95 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމްއެވެ.

އިސްކޯ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް އަބްދުﷲ ސައީދުއެވެ.

Leave a Comment

Your email address will not be published.