ސ. ހިތަދޫ ނޫރާނީ ސްކޫލްގެ، 12 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ނޫރައްދީން އިންވެސްޓްމަންޓާ ހަވާލުކޮށްފި

ސ.ހިތަދޫ ނޫރާނީ ސްކޫލްގެ، 12 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރެވުނީ ނޫރައްދީން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ PSIP-2021 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.

އެކުންފުނިން މި މަސައްކަތަށް ހުށަހަޅާފައިވަނީ 12،490،088.48ރ (ބާރަ މިލިއަން ހަތަރުލައްކަ ނުވަދިހަ ހާސް އަށްޑިހަ އަށް ރުފިޔާ ސާޅީސް އަށް ލާރި)އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހިމްއެވެ.

ނޫރައްދީން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އަލީ ނޫރައްދީން އެވެ.

Leave a Comment

Your email address will not be published.