ފީވަކު ސްކޫލް މަލްޓި ޕަރޕަސް ހޯލް އިމާރާތްކުރުމާއި ވަށައިފާރު ރޭނުމުގެ މަސައްކަތަށް ކޮންޓްރެކްޓް ކޮށްފި

ށ.ފީވަކު ސްކޫލް މަލްޓި ޕަރޕަސް ހޯލް އިމާރާތްކުރުމާއި ވަށައިފާރު ރޭނުމުގެ މަސައްކަތް ހަވާލުކުރުމުގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރެވުނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. PSIP-2021 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއުގެ މިމަސައްކަތަށް އެ ކުންފުނިން ހުށަހަޅާފައިވަނީ 14،790،555.76 ރ( ސާދަމިލިއަން ހަތްލައްކަ ނުވަދިހަހާސް ފަސްސަތޭކަ ފަންސާސް ފަސްރުފިޔާ ހަތްދިހަ ހަލާރި ( އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމައި ދިނުމަށެވެ.

މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިޔަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ. އަދި ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖަރ އަޝްހަދު ސައީދު އެވެ.

Leave a Comment

Your email address will not be published.