ވެހި އެޑިޔުކޭޝަނަލް ޓުއަރ 2023 ގެ ބައިވެެރިންނަށް ނެޝަނަލް އިންސްޓިޓިޔުޓް އިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ދީފި

ވެހި އެޑިޔުކޭޝަނަލް ޓުއަރ 2023 ގެ ބައިވެެރިންނަށް ނެޝަނަލް އިންސްޓިޓިޔުޓް އިން ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ދީފިއެވެ. އެންއައީން މިމަޢުލޫމާތު ވެހި އެޑިޔުކޭޝަނަލް ޓުއަރގެ ބައިވެެެެރިންނަށް ދިނީ މިއަދު ހެނދުނު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި ބޭއްވި 2 ގަޑިއިރުގެ ސެޝަނެއްގައެވެ.

ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން އެތާގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ޝަކީބު އިސްވެހުންނަވައި އެއިންސްޓިޓިޔުޓްގެ ހުރިހާ ޑިވިޝަން ތަކެއްގެ އިސްބޭފުޅުން ހިމެނޭ ގްރޫޕަކުންނެވެ.

މިމަޢުލޫމާތު ދިނުމުގެ ސެޝަންގައި ވެހި އެޑިޔުކޭޝަނަލް ޓުއަރ 2023 ގައި ބައިވެެެރިވެވަޑައިގަންނަވާ ސްކޫލްތަކުގެ ޕްރިންސިޕަލުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދިނުންވެސް އޮތެވެ.

މިއީ ސިލްސިލާކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ.

 

 

Leave a Comment

Your email address will not be published.