ނ.ލަންދޫ ސްކޫލްގެ 4 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ޙަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފި

ނ.ލަންދޫ ސްކޫލްގެ 4 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ޙަވާލުކުރުމުގެ ކޮންޓްރެކްޓްގައި ސޮއި ކޮށްފިއެވެ.

މި މަސައްކަތް ޙަވާލުކުރީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ.

މިއީ PSIP-2021 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ.

އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅާފައިވަނީ 20،667،692.03 ރ( ވިހިމިލިއަން ހަލައްކަ ފަސްދޮޅަސް ހަތްހާސް ހަސަތޭކަ ނުވަދިހަ ދެރުފިޔާ ތިން ލާރި (އަށް މި މަސައްކަތް 365 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިޔަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ.

ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ އަހްމަދު ރަމީޒްއެވެ.

Leave a Comment

Your email address will not be published.