އއ.އުކުޅަހު ސްކޫލުގެ 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރީމަންޓްގައި ސޮއިކޮށްފި

އއ.އުކުޅަހު ސްކޫލުގެ 04 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރީ ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.
މިއީ PSIP-2022 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ.
އެކުންފުނިން މި މަސައްކަތަށް ހުށަހަޅާފައިވަނީ 4،996،681.38ރ (ހަތަރުމިލިޔަން ނުވަލައްކަ ނުވަދިހަ ހަހާސް ހަސަތޭކަ އަށްޑިހަ އެއްރުފިޔާ ތިރީސް އަށްލާރި) އަށް މި މަސައްކަތް 200 ދުވަހުގެ ތެރޭގައި ނިންމައިދިނުމަށެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމްއެވެ.
ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ މުހައްމަދު އިޝްވާންއެވެ.

Leave a Comment

Your email address will not be published.