މުޙްޔިއްދީން ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފި

ވިލިމާލޭގައި ހުންނަ މުޙްޔިއްދީން ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ ÷ށީ÷ 2021 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ.

އެ ކުންފުނިން މި މަސައްކަތަށް ހުށަހަޅާފައިވަނީ 12،211،999.62 ރ( ބާރަމިލިއަން ދެލައްކަ އެގާރަހާސް ނުވަސަތޭކަ ނުވަދިހަ ނުވަރުފިޔާ ފަސްދޮޅަސް ދެ ލާރި (އަށް މި މަސައްކަތް 365 ދުވަހުގެ މުއްދަތުގައި ނިންމައިދިނުމަށެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިކޮންޓްރެކްޓްގައި ސޮއި ކުރެއްވީ ސީނިޔަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމްއެވެ.

އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރ ހުސެއިން ތަސްމީންއެވެ.

Leave a Comment

Your email address will not be published.