ބިޒިނަސް ސްޓަޑީޒް ކިޔަވައިދޭ ޓީޗަރުންނަށް ތަމްރީން ދިނުމަށް ބައްދަލުވުމެއް ބާއްވައިފި

މަތީ ސާނަވީ ކުލާސް ތަކަށް ކިޔަވާ ދެއްވާ މުދައްރިސުންގެ ތެރެއިން ބިޒިނަސް ސްޓަޑީސް ކިޔަވައި ދެއްވާ ފަރާތްތަކަށް ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ. މިޕްރޮގްރާމްގައި ތަމްރީނު ދިނުން އޮތީ އެން.އައި.އީ ސެމިނާރ ރޫމްގައި މިއަދު  ހެދުނު 8:30 ން ހަވީރު 4:00 އަށެވެ.

މި ޕްރޮގްޜާމްގައި މަތީ ސާނަވީ އަށް ކިޔަވައިދެއްވާ ރާއްޖޭގެ ހުރިހާ ސްކޫލް ތަކަށް ފުރުސަތު ދީފައިވެއެވެ. މިގޮތުން ޖުމުލަ 26 ބޭފުޅަކު މިއަދު މިޕްރޮގްރާމް ފުރިހަމަ ކުރިއެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންގޮސް ދެއްވީ ޕިއަރސަން ގެ ފަރާތުން ވަޑައިގެންނެވި ޕްރިންސިޕަލް އެގްޒަމިނަރ އެކެވެ.

 

 

 

 

 

Leave a Comment

Your email address will not be published.