ރާއްޖޭން ބޭރު ޕްރޮފެސަރަކު، ދިވެހި އަދަބިއްޔާތު ދިރާސާކުރެއްވުމަށް ކުރައްވާ މަސައްކަތުގެ މައުލޫމާތު އެންއައީގެ ފަންނީ މުއައްޒަފުން އޮޅުންފިލުވައިފި

ދިވެހިބަހުގެ އަދަބިއްޔާތު ދިރާސާކުރައްވައި ދިވެހިބަހުގެ މުއްސަނދިކަން ކުރިއަށް ނެރެދެއްވުމުގައި ފަންނީ މަސައްކަތްތަކެއް ކުރައްވާ ޕްރޮފެސަރ ގެރެޓް ފީލްޑްއާއެކު، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ޕްރޮފެޝަނަލް ސްޓާފުން ބައްދަލުވުމެއް ބާއްވައިފިއެވެ.

އެން. އައި.އީގެ ރިކްރިއޭޝަން ކްލަބުން އިންތިޒާމުކޮށްގެ މިއަދު ހެނދު އެ އިންސްޓިޓިއުޓްގެ ސެމިނަރ ރޫމްގައި ބޭއްވި ބައްދަލުވުމުގައި އެން.އައި.އީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޝަކީބްއާއި މާލޭގައި މަސައްކަތް ކުރައްވާ އެންއައިއީގެ ފަންނީ މުވައްޒަފުން ބައިވެރިވިއެވެ.

ޕްރޮފެސަރ ގެރެޓް ފީލްޑް މިބައްދަލުވުމުގައި ދިވެހިބަހުން ދެއްކެވި ވާހަކަތަކާގުޅިގެން އެން.އައި.އީގެ ފަންނީ މުވައްޒަފުން އޮޅުންފިލުވަން ބޭނުންވާ އެކިކަންކަމުގެ މައްޗަށް ސުވާލުތައް ދެންނެވުނެވެ. މީގެތެރޭގައި  ފޮތްލިޔެ  ތައްޔާރުކުރުމުގައާއި ކިޔަވައިދިނުމުގައި ބަސް ބޭނުންކުރަންޖެހޭ ގޮތްތަކުގެ މައްޗަށާއި، ދިވެހިބަސް ކުރިއެރުވުމުގައި ކުރެވިދާނެ ފަންނީ މަސައްކަތްތަކުގެ މައްޗަށް ބަަލައި ސުވާލުތައް ކުރެވުނެވެ.

ގާތްގަނޑަކަށް 45 މިނިޓެއް ހާއިއިރަށް ދިގުދެމިގެންދިޔަ މިބައްދަލުވުމުގައި ދިވެހި އަދަބިއްޔާތު ކުރިއެރުވުމުގައި މުހިންމުކަން ދޭންޖެހޭ ކަންކަމުގެ މައްޗަށް ވާހަކަ ދެކެވުނެވެ.

ޕްރޮފެސަރ ގެރެޓްއަކީ ދިވެހިބަހުގެ އިތުރުން ސިންގަޅަބަހުންވެސް ރަނގަޅަށް ވާހަކަ ދައްކަވަން ދެނެވަޑައިގަންނަވާ  ބޭފުޅެކެވެ. މީގެ އިތުރުން ވެސް އެހެން ބޭރުބަސްތައް ދިރާސާ ކުރައްވަމުން ގެންދަވައެވެ. ގެރެޓް ވިދާޅުވީ ދިވެހިބަސް ދަސްކުރެއްވުމުގައި އޭނާއަށް އެންމެބޮޑު އެހީތެރިކަމެއް ލިބެނީ ފޭސްބުކްގައި ދިވެހިބަހުން ޚާއްޞަކޮށް ހަދާފައިވާ  ” ބަސްޖަގަހަ ”  އިގެ އޮޅިން ކަމަށެވެ.

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.