މަތީ ސާނަވީ ކުލާސް ތަކަށް ކެމިސްޓްރީ ކިޔަވާ ދެއްވާ މުދައްރިސުންނަށް އަމާޒުކޮށް ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ. މިޕްރޮގްރާމްގައި ތަމްރީނު ދިނުން އޮތީ އެން.އައި.އީ ސެމިނާރ ރޫމްގައި މިއަދު އެވެ.
މި ޕްރޮގްޜާމްގައި ރާއްޖޭގެ މަތީ ސާނަވީ އަށް ކިޔަވައިދޭ 19 ސްކޫލަކުން ޖުމުލަ 35 ބޭފުޅަކު މިއަދު މިޕްރޮގްރާމް ފުރިހަމަ ކުރިއެވެ.
މި ތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންގޮސް ދެއްވީ ޕިއަރސަން ގެ ފަރާތުން ވަޑައިގެންނެވި ޕްރިންސިޕަލް އެގްޒަމިނަރ އެކެވެ.