އަލްފާ، ޓްރެއިނިންގ އޮފް ޓްރެއިނާރސް ވޯރކްޝޮޕް ފެސިލިޓޭޓް ކޮށް ދެއްވުމަށް ގްލޯބަލް ޑްރީމް އެޑިޔުކޭޝަން އިންޑިޔާގެ ދެ ބޭފުޅަކު ރާއްޖެ ވަޑައިގެންފި

ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން ގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ “އަލްފާ” ޓްރެއިނިންގ އޮފް ޓްރެއިނާސް ވޯކްޝޮޕް ހިންގުމަށް އިންޑިޔާގެ 2 ތަޖުރިބާކާރަކު ރާއްޖެއަތުވެއްޖެއެވެ. މިވޯރކްޝޮޕްގެ ފެސިލިޓޭޓަރުންގެ ގޮތުގައި ރާއްޖެވަޑައިގެންނެވި 2 ތަޖުރިބާކާރުންނަކީ ގްލޯބަލް ޑްރީމް އެޑިޔުކޭޝަން އިންޑިޔާގެ ދެބޭފުޅެއްކަމުގައިވާ ސްމީތާ ޑިކްސިޓްއާއި ޝަންގްރިލާ ޚާން އެވެ.

މިދެބޭފުޅުން ރާއްޖެވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ ނެޝަނަލް އިންސްޓިޓުޓް އޮފް އެޑިޔުކޭޝަން ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުﷲ ރަޝީދު އާއި އެންއައިއީގެ އިސް ބައެއްބޭފުޅުންނެވެ.
މިފަހަރު ބާއްވާ އަލްފާ ޓްރެއިނިންގ އޮފް ޓްރެއިނާސް އަކީ ދެދުވަހުގެ ވޯރކްޝޮޕެކެވެ. މިވޯރކްޝޮޕްގައި އަލްފާ ޓްރެއިނިންގ ޕައިލެޓްކޮށް ހިންގުމަށް ހަމަޖެހިފައިވާ 10 ސްކޫލުންކުރެން ކޮންމެ ސްކޫލަކުން 3 ޓީޗަރުން ބައިވެރިވެއެވެ.

2 ދުވަހުގެ މިތަމްރީންތައް އޮންނާނީ މިމަހުގެ 20 އިން 21 އަށް ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 4:30 އަށެވެ.

Leave a Comment

Your email address will not be published.