އިސްލާޙު ކުރެވުނު ކަރިކިޔުލަމާއި ފޮތްތަކުގެ އޮރިއެންޓޭޝަން، ގްރޭޑްގެ 3 ގެ ޓީޗަރުންނަށް

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ މުގައްރަރުތަކާއި ފޮތްތަކަށް ގެންނަން ބޭނުންވާ އިސްލާހްގެނައުމަށް ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގްރޭޑް 3 ގެ ކަރިކިޔުލަމް ރިވައިސްކޮށް މިހާތަނަށް ގެނެވުނު އިސްލާހްތަކާއި އިސްލާހް ގެނެވުނު މާއްދާތަކުގެ ފޮތްތަކަށް ގެނެވުނު ބަދަލުތަކުގެ އޮރިއެންޓޭޝަނެއް ކަމާގުޅޭ ޓީޗަރުންނަށް ދެމުން އެބަގެންދާކަމަށް އެންއައިއީ އިން ވިދާޅުވެއްޖެއެވެ.

ގްރޭޑް 3 ގެ ކަރިކިޔުލަމަށް ގެނެވުނު އިސްލާޙްތަކާއެކު ފޮތްތަކަށް އިސްލާހު ގެނައުމުގެ މަސައްކަތްވަނީ ނިމިފައެވެ. އެހެންނަމަވެސް އޮރިއެންޓޭޝަން މިފަހަރު ދިނުމަށް ހަމަޖެހިފައިއޮތީ އިސްލާމް އާއި ޤުރުއާނާއި ސޯޝަލް ސްޓަޑީޒްއާއި ސައިންސް މިމާއްދާތަކުގެ  މުގައްރަރާއި ފޮތްތަކަށެވެ.  އެހެން މާއްދާތަކާގުޅޭ އޮރިއެންޓޭޝަން ޕްރޮގްރާމް އަންނަ މަހު ބާއްވަންވަނީ ހަމަޖެހިފައެވެ.

މަސައްކަތްފުރިހަމަ ކުރެވިފައިވާ މުގައްރަރާއި ފޮތްތަކުގެ އޮރިއެންޓޭޝަން ގެމިބުރު އިއްޔެއާއި މިއަދު ހިމަނައިގެން ކުރިޔަށް ގެންދަމުން އެބަދެއެވެ.

އެންއައިއީން ވިދާޅުވާ ގޮތުގައި އޮރިއެންޓޭޝަން ވޯރކްޝޮޕްގައި ބައިވެރިވަނީ ގްރޭޑް 3 ގެ މާއްދާތައް ކިޔަވައިދޭ ޓީޗަރުންނެވެ. މިވޯރކްޝޮޕް ކުރިޔަށް ގެންދަނީ އޮންލައިންކޮންނެވެ. މިވޯރކްޝޮޕްގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކަކުން ޓީޗަރުން ބައިވެރިވެއެވެ.

މުގައްރަރާއި ފޮތްތައް އިސްލާހްކުރުމަށް އެންއައިއީ އިން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ގްރޭޑް 1 އާއި ގްރޭޑް 2 ގެ ހުރިހާ މަސައްކަތްތަކެއް މިހާތަނަށްވަނީ ނިންމައި ފުރިހަމަ ކުރެވިފައެވެ.

Leave a Comment

Your email address will not be published.