ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން، ބިލެތްދޫ ސްކޫލްގެ މަލްޓިޕަރޕަސް އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުން، ފ. ބިލެތްދޫ ސްކޫލްގެ މަލްޓިޕަރޕަސް އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މިކަން އޮތީ މިއަދު މިހޯލްހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޢަލީ ވެސް މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ބިލެތްދޫ ސްކޫލްގެ މަލްޓިޕަރޕަސް ހޯލަކީ ޕީ.އެސް.އައި.ޕީގެ ދަށުން، 8،292،714.64ރ ގެ މަޝްރޫޢުއެއްގައި، އިމާރާތްކުރެވުނު ހޯލެކެވެ. މިހޯލް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިނޯކާ ޕްރައިވެޓް ލިމިޓެޑްއާއެވެ. މިއީ މި ދައުރުގައި އިމާރަތްކޮށް ނިމުނު 15 ވަނަ މަލްޓިޕަރޕަސް ހޯލްވެސް މެއެވެ.

މިހޯލްހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖުލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު ޙަލީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Leave a Comment

Your email address will not be published.