ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ހެލްޕްލައިން ’1484‘ އިފުތިތާހުކުރުން ބާއްވައިފި – ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު

ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދިނުމުގެ ހެލްޕްލައިން އެއް ގާއިމުކޮށްފިއެވެ. މިހެލްޕްލައިން ’1484‘ އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޔުނިސެފް‬⁩ އަދި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއިން‬⁩ ގުޅިގެން ޤާއިމްކުރި މި ހެލްޕްލައިންގެ މަޤްސަދަކީ، ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް، އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އެންމެ އެކަށޭނަ ގޮތެއްގައި އެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މި ހެލްޕްލައިންގެ ޚިދުމަތް، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ 15:00 އިން ފެށިގެން 21:00 އާ ހަމައަށް ލިބޭނެއެވެ.

މި ހެލްޕްލައިން މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވާނީ އެކަމަށްޓަކައި ޚާއްޞަކޮށް ތަމްރީން ދެެއްވާފައިވާ ސްކޫލްތަކުގައި މިހާރު ތިއްްބެވި ކައުންސިލަރުންނެވެ.

މި ހެލްޕްލައިނުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ތިބި ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށް ޚިދުމަތް ހޯދޭނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

Leave a Comment

Your email address will not be published.