މަތީ ސާނަވީ ކުލާސްތަކަށް މެތެމެޓިކްސް ކިޔަވައިދެއްވާ މުދައްރިސުންނަށް އަމާޒުކޮށް ތަމްރީން ޕްރޮގްރާމެއް ބާއްވައިފި  

މަތީ ސާނަވީ ކުލާސްތަކަށް މެތެމެޓިކްސް ކިޔަވައިދެއްވާ މުދައްރިސުންނަށް އަމާޒުކޮށް ތަމްރީން ޕްރޮގްރާމެއް ބާއްވައިފިއެވެ. މިޕްރޮގްރާމްގައި ތަމްރީނު ދިނުން އޮތީ އެން.އައި.އީ ސެމިނާރ ރޫމްގައި މިއަދު އެވެ.

މި ޕްރޮގްރާމްގައި ރާއްޖޭގެ މަތީ ސާނަވީ އަށް ކިޔަވައިދޭ ސްކޫލްތަކުން ޖުމުލަ 32 ބޭފުޅަކު މިއަދުގެ މިޕްރޮގްރާމް ފުރިހަމަ ކުރިއެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންގޮސް ދެއްވީ ޕިއަރސަން ގެ ފަރާތުން ވަޑައިގެންނެވި ޕްރިންސިޕަލް އެގްޒަމިނަރ އެކެވެ.

މިއަދުގެ މިޓްރެއިނިންގ ޕްރޮގްރާމްއަށް ޓީޗަރުން ހޮވާފައިވަނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ޢާންމުކޮށް ހުޅުވާލައިގެންނެވެ. މިހާތަނަށް އެހެން ބައެއް މާއްދާތަކުންވެސް މިފަދަ ޓްރެއިނިންގ ވަނީ ހިންގިފައެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Leave a Comment

Your email address will not be published.