އަލްފާ ލިޓެރަސީ އެންޑް ނިޔުމެރަސީ ޕެޑޮގޮޖީ ތަމްރީން، ލަކަނޯ ޒިޔާރަތުގެ ބައިވެރިންނަށް ދެނީ

އިންޑިޔާގެ އުއްތަރުޕްރަދޭޝްގެ ލަކަނޯގެ ތަޖުރިބާ ދަތުރުގައި ބައިވެރިވާ ރާއްޖޭގެ ސްކޫލްތަކުގެ 130 ބައިވެެރިން އަލްފާ ލިޓެރަސީ އެންޑް ނިޔުމަރަސީ ޕެޑެގޮޖީއަށް އަހުލުވެރި ކުރުވުމަށް ތަމްރީން ދޭންފަށައިފިއެވެ.

މިތަމްރީންތަކުގައި ބައިވެރިވާ 130 ބައިވެރިން ނިސްބަތްވަނީ އަޖުމަބެލުމަށް އަލްފާ ޕްރޮގްރާމް ޕައިލެޓްކުރާ 10 ސްކޫލަކާއި ރާއްޖޭގެ އެހެން 6 ސްކޫލަކަށެވެ. އަދި މިދަތުރު ހަމަޖެހިފައިވަނީ މިމަހުގެ 2 ން 9 އަށެވެ.

ކިޔަވައިދިނުގެ ޒަމާނީ އައުގޮތްތަކެއް ހިމެނޭ މެތަޑެއް ކަމަށްވާ “އަލްފާ” (އެކްސަލަރޭޓެޑް ލާރނިންގ ފޯރ އޯލް) ޕައިލެޓް ޕްރޮގްރާމެއް ރާއްޖޭގައިވެސް ވަނީ ހިންގަން ފަށާފައެވެ. އަލްފާ ލިޓަރެސީ އެންޑް ނިއުމެރަސީ ޕައިލެޓް ޕްރޮގްރާމެއް ހިންގަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި ޔުނިސެފް މޯލްޑިވްސް އާއި އިންޑިއާގެ ގްލޯބަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން އިންސްޓިޓިއުޓް ގުޅިގެންނެވެ.

އިންޑިޔާގެ އުއްތަރުޕްރަދޭޝްގެ ވެރި ޝަހަރު ލަކަނޯއަށް ރާއްޖޭގެ ސްކޫލްތަކުގެ 130 ޓީޗަރުން މިހާރު ކުރަމުންދާ ޒިޔާރަތަކީ ލަކަނޯގައި އަލްފާ  ޕެޑަގޯޖީ ބޭނުން ކޮށްގެން  ކާމިޔާބު ކަމާއެކު ކިޔަވައިދެމުންގެންދާ ކިޔަވައިދިނުން ތަޖުރިބާކޮށް ތަމްރީން ލިބިގަތުމެވެ.

ލިޓަރެސީ އެންޑް ނިއުމެރަސީއަށް އަމާޒުކޮށްގެން ރާއްޖޭގައި އަޖުމަބެލުމުގެ އަލްފާ ޕައިލެޓް ޕްރޮގްރާމް ހިންގާ ސްކޫލްތަކުގެ ތެރޭގައި މާލޭގެ ތިން ސްކޫލަކާއި އަތޮޅުތެރޭގެ ހަތް ސްކޫލެއް ހިމެނެއެވެ.

ޚަބަރާގުޅޭ އިތުރު ފޮޓޯ:

Leave a Comment

Your email address will not be published.